Last Updated: April 26, 22:09
Friday, April 26, 2024
ކުޅިވަރު

މިނިވަން ދުވަހާ ގުޅިގެން އައްޑޫގައި ބެޑްމިންޓަން މުބާރާތެއް

ހިތަދޫ ޔޫތު ސެންޓަރުގައި ބޭއްވި ގުރުލުމުގެ ހަފްލާއެއް. ޒުވާނުންގެ މަރުކަޒު ބޮޑު ކުރުމާއި ޒަމާނީ ޖިމެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުން

މިނިވަން ދުވަހާއި ގުޅިގެން އައްޑޫ ޔޫތް އޮޕެންސް ބެޑްމިންޓަން ޓޯނަމެންޓް 2016 ގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ހިތަދޫ ޔޫތް ސެންޓަރުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ފިރިހެނުންގެ ސިންގަލްސް، ޑަބަލް އަދި މިކްސް ޑަބަލްގައި ކުޅޭ މިމުބާރާތުގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

ޑަބަލްސްގައި 12 ޓީމު ވާދަކުރާއިރު ސިންގަލްސް ގައި 14 ކުޅުންތެރިން ވާދަކުރެއެވެ. މިކްސް ޑަބަލްސްގައި ވާދަކުރަން ހަމަޖެހިފައިވަނީ ޖުމުލަ 8 ޓީމެވެ.

ބެޑްމިންޓަން އަކީ އައްޑޫގެ ގިނައަދަދެއްގެ ޒުވާނުންގެ މެދުގައި މިހާރު ވަރަށް މަގުބޫލުވެފައިވާ ކުޅިވަރެކެވެ. ހޮރައިޒޮން އެކަޑަމީގެ ފަރާތުން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އޮފީސް ބެޑްމިންޓަން ޓޯނަމެންޓުގެ ނަމުގައި އައްޑޫގެ ވަރަށް ގިނަ އޮފީސްތަކުގެ މުވައްޒިފުންގެ މެދުގައި މުބާރާތެއް ބާއްވަމުން ގެންދެއެވެ.

ނަމަވެސް މިފަހަރުގެ މުބާރާތަކީ ޔޫތް މިނިސްޓްރީއިން އިންތިޒާމުކޮށްގެން ހިތަދޫ ޔޫތް ސެންޓަރުން ބާއްވާ މުބާރާތެކެވެ. މުބާރާތުގެ އެންމެހާ މައުލޫމާތު އައްޑޫލައިވް ގެ ފަރާތުން ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެއެވެ.