Last Updated: April 26, 10:52
Friday, April 26, 2024
ވިޔަފާރި

އުރީދޫގެ "އެމް ފައިސާ" ރިބްރޭންޑްކޮށްފި

އުރީދޫގެ މޮބައިލް މަނީގެ ޚިދުމަތަށް ގިނަ އަދަދެއްގެ ޕާޓްނަރުން ހަމަޖައްސައި، "އެމް ފައިސާ" ގެ ނަމުގައި އެ ހިދުމަތް ރޭ ރީބްރޭންޑުކޮށްފި އެވެ.

އެމް ފައިސާ ހިދުމަތަކީ ވޮލެޓްގައި ފައިސާ ގެންގުޅުމުގެ ބަދަލުގައި، ފޯނުގައި ހިދުމަތް ރަޖިސްޓަކޮށްގެން، އެކައުންޓަކަށް ފައިސާ ޖަމާކޮށް، މޮބައިލް ފޯނު މެދުވެރިކޮށް އެކި ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެކެވެ.

އުރީދޫ އެމް ފައިސާގެ ޚިދުމަތުގެ ޕާޓްނަރުންގެ ތެރޭގައި ސްޓެލްކޯ، އެސްޓީއޯ، ރާއްޖެ އޮންލައިން، ފުޑްހަބް އަދި ޝްވެކް ސިނަމާ ހިމެނެ އެވެ.

އެހެންވެ އުރީދޫ އެމް ފައިސާގެ ޚިދުމަތް މެދުވެރިކޮށް، މޮބައިލް ފޯން މެދުވެރިކޮށް މި ކުންފުނިތަކަށް ފައިސާ ދެއްކޭނެ އެވެ.

އުރީދޫން ވުނީ އެމް ފައިސާ ޚިދުމަތުން ރާއްޖޭގެ އެއް ސަރަހައްދުގައި ހުރި ފަރާތަކުން ދުރުގައި ހުރި މީހަކަށް ވެސް ފައިސާ ޓްރާންސްފާ ކުރެވޭނެ އެވެ.

އުރީދޫން ބުނީ އެމް ފައިސާގެ ހިދުމަތް ފެށީ 300 އެޖެންޓުން މެދުވެރިކޮށް ކަމަށާއި 180 ރަށަކުން މިހާރު ހިދުމަތް ލިބޭނެ ކަމަށެވެ.