Last Updated: April 26, 18:07
Friday, April 26, 2024
ރިޕޯޓް

މިއީ ޓެބްލެޓެއް ނޫން، އައިސް ކްރީމް

އައިސް ކްރީމަށް ލޯބި ކުރާ ފަރާތްތަކަށް އުފާވެރި ހަބަރެއް ދެން ހެއްޔެވެ؟ ބާޒާރަށް މިހާރު ވަނީ ގެސްޓްރޯޓްގެ ނަމުގައި އާ ވައްތަރެއްގެ އައިސް ކްރީމެއް ނިކުންނަން ތައްޔާރުވެފަ އެވެ.

މިއީ އަހަރަމެންނަށް އާންމުކޮށް މި ފެންނަ އައިސް ކްރީމް ހުންނަ ގޮތަށް ހުންނަ އައިސް ކްރީމެއް ނޫނެވެ. އެހެންވެ އައިސް ކްރީމް ވިރިދާނެ ކަމަށްޓަަކައި ކަންބޮޑުވާނެ ކަމެއް ނެެތެވެ.

އެމެރިކާގެ ކުންފުންޏަކުން ތައްޔާރުކޮށް ބާޒާރަށް ނެރޭ އޯގަނިކް ގެސްޓްރޮނޯޓް އައިސް ކްރީމަކީ ކުޑަ ތުނި ފޮއްޓެއްގެ ތެރޭގައި ބަންދު ކުރެވިފައިވާ އައިސް ކްރީމެކެވެ.

ބަލާ ވެލުމަށް އެ ފޮށި ބޭހެއްގެ ފޮއްޓަކާ ވެސް ވައްތަރު ވެދާނެ އެވެ.

އެކަމަކު މިއީ ހަމަ އެންމެން ވެސް ދަހިވާ ކަހަލަ އައިސް ކްރީމެކެވެ. ތަފާތަކީ އަނގަޔަށް މީރުވެފައި، ސިއްހަތަށް މި ވައްތަރު އައިސް ކްރީމް މާ ބޮޑަށް ފައިދާ ބޮޑު ކަމެވެ.

މި އައިސް ކްރީމްތަކަކީ އޯގަނިކް އެއްޗަކަށްވުމާ އެކު މިއީ ތަފާތު ބާވަތްތަކުގެ ޕްރެޒަވެޓިވްތައް އެކުލެވޭ އެއްޗެއް ނޫނެވެ.

މީގެ ތިން ފްލެވާއެއް ބާޒާރާން ނެރެން މިހާރު ވަނި ތައްޔާރުވެފަ އެވެ. އެއީ މެކްސިކަން ޗޮކްލެޓް ޗިޕް، ކުކީސް އެންޑް އައިސް ކްރީމް އަދި މިންޓް ޗޮކްލެޓް ޗިޕެވެ.

އޯގަނިކް ގެސްޓްރޮނޯޓް އައިސް ކްރީމް ވުޖޫދަށް ގެނައި ރޮބް ކޮލްގަން ބުނީ މި އުފެއްދުމަކީ ތިން އަހަރު ދުވަހުގެ މަސައްކަތް ކަމަށެވެ.

އެހެންވެ މިއީ އާންމުންގެ މެދުގައި މަގުބޫލް އައިސް ކްރީމަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.

"ފެންނަ ފެނުމަށް މި އައިސް ކްރީމް ތަފާތު ވިޔަސް ކާލީމަ މީގެ ރަހަ އާއި އަނގަޔަށް އެ ލިބޭ ފޮނިކަން އާދައިގެ އައިސް ކްރީމެކޭ އެއްވެސް ތަފާތެއް ނުހުންނާނެ. ތަފާތެއް ހުއްޓަސް ހުންނާނީ އެއަށް ވުރެ ރަނގަޅު ތަފާތެއް،" ރޮބް ބުންޏެވެ.