Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އަދާލަތު ޕާޓީގެ ޝިދާތާ ފުލުހަށް ހާޒިރު ކުރަނީ

ޝިދާތާ ޝަރީފް

އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފް ވެސް މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން އަދާލަތު ޕާޓީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މާދަމާ ރޭ 8:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން ޝިދާތާ އަށް އަންގާފައި ވަނީ، ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އަދާލަތު ޕާޓީގެ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އިދާރާއަށް ޝިދާާތާ ހާޒިރު ކުރާ މައްސަލައެއް ނޭނގޭ ކަމަށާއި ޗިޓްގައި ވަނީ ބަލަމުންދާ މައްސަލައެއްގައި ހާޒިރު ވުމަށް އަންގާފައި ކަމަށެވެ.

ޝިދާތާ ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ނިންމާފައިވާއިރު، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވެސް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާކަން ފާހަގަކޮށްލެވެއެވެ.