Last Updated: April 27, 08:54
Saturday, April 27, 2024
ރިޕޯޓް

ގެސްޓް ހައުސް އަށް 20 ފަރާތެއްގެ ޝައުގު!

އައްޑޫގައި ގެސްޓް ހައުސް ތަރައްގީކޮށް ހިންގުމަށް ހުޅުވާލި ފުރުސަތުގައި 20 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.

ސޯބެ ވިދާޅުވީ އައްޑޫގެ ހަ ސަރަހައްދެއްގައި ގެސްޓް ހައުސް ތަރައްގީ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައި ފަރާތްތަކުގެ ތެރޭގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ހިމެނެ އެވެ.

ގެސްޓް ހައުސް ތަރައްގީކޮށް، ހިންގުމަށް އައްޑޫގައި ކުރިއަށް ގެންދާ ބިޔަ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރި ބޭރު ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ޖަޕާން، ދުބާއީ، ފިންލަންޑް، އިންޑިއާ ފަދަ ގައުމުތައް ހިމެނެ އެވެ.

Shangri-La's Villingili Resort and Spa offers Maldives' only golf course

އައްޑޫގެ ހަ ސަރަހައްދެއްގައި ޖުމުލަ 2،000 އެނދުގެ ގެސްޓް ހައުސް ތަރައްގީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މެއި މަހުގެ ތެރޭގަ އެވެ.