Last Updated: April 26, 20:24
Friday, April 26, 2024
ރިޕޯޓް

ނަބީބޭކަލުންގެ ބިމަށް ސަހްޔޫނީން އަތް ގަދަކުރުން

ފަލަސްތީން އަދި ފަލަސްތީންގައި ދިރިއުޅޭ މުސްލިމުންނާ ބެހޭ ގޮތުން އެނގެން ބޭނުން ނަމަ ޔޫރަޕްގެ ޔަހޫދީ މުފައްކިރު ނޯމްޗޯމިސްކީ ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާ ބެހޭ ގޮތުން ލިޔެފައިވާ އިބާރާތުން ވަރަށްރަގަޅަށް އެކަން އެނގި ހާމަވެގެންދާނެ އެވެ.
މިއީ ޔަހޫދީއެއްްްގެ ގަލަމުން ބަޔާން ކުރެވިފައި ވިޔަސް ފަލަސްތީން ރައްޔިތުންގެ ޝުއޫރުކަމާ މެދު ވެސް ޝައްކެއް ނެތެވެ.

އޭނާ ސަހްޔޫނީންނާ މުޚާތަބުކޮށް ލިޔެފައި ވަނީ "ކަލޭމެން އަހަރެމެންގެ ބޯފެންތައް ފޭރިގެންފި އެވެ. އަހަރެމެންގެ ޒައިތޫނިގަސްތައް އަންދާލައިފި އެވެ.
އަހަރެމެންގެ ގެތައް ބިމާ ހަމަކޮށްލައިފި އެވެ. ދިރިއުޅުމަށް ކުރަމުންއައި މަސައްކަތްތައް ހުއްޓުވައިފި އެވެ. އަހަރެމެންގެ ބިންތައް ފޭރިގެންފިއެވެ. އަހަރެމެންގެ ބައްޕައިންތައް ހުރަގޭގައި ބަންދުކޮށްފިއެވެ. މަންމައިންނާއި އާއިލާގެ މެންބަރުންް ޝަހީދުކޮށްލައިފި އެވެ.

ތަހައްމަލް ކުރަމުން ދަނީ ބަނޑުހައިހޫނުކަމާއި ވޭނެވެ. އަދިމިވަރުން ފުދުނީއަކީއެއް ނޫނެވެ. އިސް ނަގައި ކަލޭމެންގެ ބޮލަށް ބޮންއަޅާކަމުގެ ދޮގު ތުހުމަތު ވެސް އަހަރެމެންގެ ބޮލުގައި އަޅުވަނީ އެވެ."

އާދެ! 1948މ ގެކުރިން ލުބުނާނާއި މިސްރާއިދެމެދުގައިވާ ބިމަށް ކިޔައިއުޅެނީ ފަލަސްތީނެވެ. މިބިމަށް ނަބީބޭކަލުންގެ ބިމޭވެސްކިޔެތެވެ. ޔަޢުޤޫބު، ޔޫސުފު، ދާއޫދު، ސުލެއިމާން،ޔަޙުޔާ، ޢިސާއަލައިހިމުއްސަލާމް މިއެންމެހައި ރަސޫލު ބޭކަލުންގެ އިތުރުންއަދި އެތައްނަބީބޭކަލުންނެއް އުފަންވެވަޑައިންފައިވަނީ ނުވަތަ އެބޭފުޅުންގެ ހަޔާތްފުޅުގެގިނަ ދުވަސްތައް ހޭދަކުރައްވާފައިވަނީ މިބުގައެވެ.

10013875_10152656273722125_8008670955849483325_n

އެންމެ ކުރީގެ ތާރީޚަށްނަޒަރުހިންގާލާއިރު މީގެ ހަތަރުހާސް އަހަރުކުރިން ސައްޔިދުނާ އިބުރާހީމް އަލައިހިއްސަލާމް ފުރާތުކޯރުއައްސޭރީގެ ރަށެއްކަމަށްވާ އަރު ނަމަކަށްކިޔާ ރަށުން ފަލަސްތީނަށް ހިޖުރަކުރެއްވުމަށްފަހު އެތަނުގައި ދިރިއުޅުއްވަން ފެއްޓެވިއެވެ.

އެއަށް ފަހު އިބުރާހީމް އަލައިހިއްސަލާމްގެ ދެދަރިކަލުންގެތެރެއިން އިސްމާއީލް އަލައިއްސަލާމް ވަޑައިގަތީ މައްކާއަށެވެ. ދެވަނަ ދަރިކަލުން އިސްޙާގު އަލައިހިއްސަލާމް ފަލަސްތީނުގައި މަޑުކުރެއްވީ އެވެ.

އެތަނުގައި އެކަލޭގެފާނަށް ޔައުގޫބު އަލައިއްސަލާމް ލިބިވަޑައިގަތެވެ. ޔައުގޫބުއަލައިއްސަލާމަށް ދެވަނަނަމެއްގެ ގޮތުގައި އިސްރާއީލް ވެސް ކިޔެތެވެ. ބަނީއިސްރާއީލް ކިޔައިއުޅެނީ ޔަޢުގޫބުއަލައިހިއްސަލާމްގެ ދަރިކޮޅަށެވެ. ބަނީއިސްރާއީލްގެ މީހުންނަކީ ﷲ ލޯބިވެވޮޑިގަންނަވާ ބަޔެއްގެ ގޮތުގައި އެއިލާހު ލެއްވެވިއެވެ.
10376825_10152656274307125_3535049286065174731_n

އަދި ދުނިޔޭގެ ގިނަގުނަ ނިޢުމަތްތައް އެބައިމީހުންނަށް ދެއްވެވިއެވެ. ނަމަވެސް އެކަންތައްތައް ހަނދާން ނައްތާލުމަށްފަހު ﷲ ގެނިޢުމަތްތަކަށް އިންކާރުކޮށް ﷲ އަށް އުރެދުމުގެ ސަބަބުން އެބައިމީހުންނަކީ ﷲގެ ކޯފާލެއްވިގެންވާ ބަޔަކުކަމުގައި ވަނީލައްވާފައެވެ. ކީރިތި ޤުރުއާނުގައި މިނުލަފާ ޖައްބާރުމީހުންގެ ވާހަކަ ވަރަށް ތަފުސީލު ކޮށް ބަޔާން ކުރެވިފައި ވެއެވެ.

އަދި މިބައިމީހުން ގިޔާމަތާއި ޖެހެންދެން މިދުނިޔޭގައި އުޅޭނެ ނިކަމެތިހާލު ކީރިތިރަސޫލު ސައްލަﷲ އަލައިހި ވަސައްލަމަ ބަޔާން ކުރައްވާފައިވެއެވެ. މިތެދު ހަގީގަތް މާޞީގެ ސޮފުހާތަކުން ފެންނަން އެބައޮތެވެ.

އީސާގެފާނުންގެ 1100 އަހަރުކުރިން ހީބްރޯ ދަރިކޮޅުގެ މީހުން ފަލސްތީންގައި ދިރިއުޅުނުކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ. އެއިރު އެތަނުގައި ވެރިކަން ކުރެއްވީ ޞަމޫއީލް އަލައިއްސަލާމެވެ. އެއީ ﷲގެ ނަބިއްޔެކެވެ.

ޞަމޫއީލްގެފާނު އުމުރުންދުވަސްވެ މުސްކުޅިފުޅުވުމާއި ގުޅިގެން ﷲ ގެ އެންގެވުމަށް ޠާލޫތުގެފާނާއިވެރިކަން ހަވާލުކުރެއްވިއެވެ. ޠާލޫތުގެފާނު އަވަހާރަވުމުން ދާއޫދުގެފާނު ރަސްކަމަށް ވަޑައިގެންނެވިއެވެ.

10563026_1450479605213693_7819890841355229752_n

ދާއޫދުގެފާނު ފުރަތަމަ ވެރިރަށެއްގެ ގޮތުގައި ހަމަޖެއްސެވީ ހީބްރޯން އެވެ. އެއަށްފަހު ބައިތުލްމަގުދިސަށް ވެރިކަން ބަދަލުކުރެއްވެވިއެވެ. ދާއޫދުގެފާނު 33 އަހަރުގެ ވެރިކަން ކުރެއްވިއެވެ. އޭގެފަހުން އެކަލޭގެފާނުންގެ ދަރިކަލުން ސުލެއިމާނު އަލައިހިއްސަލާމް ރަސްކަމަށް އިސްވެވަޑައިގެން 39 އަހަރު ރަސްކަންކުރެއްވިއެވެ.

އީސާގެފާނުންގެ 922 އަހަރު ކުރިން ސުލެއިމާނު އަލައިހިއްސަލާމް ޖިންނީންނާއި ޖަނަވާރުންގެ އެހީގައި، ކުރިންއިބުރާހީމްގެ ފާނު އެކަލޭގެފާނު އަޅުކަންކުރެއްވުމަށް ބިނާކުރެއްވި އިމާރާތްހުރިތަނުގައި މަސްޖިދުލް އަގުސާ ބިނާކުރެއްވިއެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތަކީ މަސްޖިދުލްހަރާމް ނުވަތަ ގެފުޅެވެ. ބޮޚާރީގައި އަބޫޒަރުގެ ކިބައިން ރިވާވެގެންވާހަދީޘު ފުޅެއްގައިވަނީ ގެފުޅުބިނާކުރުމާއި މަސްޖިދުލް އަގުސާ ބިނާކުރުމާއި ދެމެދު ސާޅިސް އަހަރުގެ މުއްދަތެއް ވެއެވެ. އަދި އެހެންރިވާޔަތެއްގައިވަނީ އާދަމުގެ ފާނު އުފަންވެވަޑަގަތުމުގެ ދެހާސްއަހަރުކުރިން މަލާއިކަތްބޭކަލުން ކައުބަތުﷲ ގެފުޅު ބިނާކުރެއްވިކަމަށެވެ.

މިދެރިވާޔަތުގެ އަލީގައި އިމާމު ޤުރުތުބީ ވިދާޅުވަނީ :" އިބުރާހީމުގެފާނަކީ ގެފުޅުގެ އަދި ސުލައިމާނުގެ ފާނަކީ މަސްޖިދުލް އަގުސާގެ މުޖައްދިދުންނެވެ. މުއައްސިސުންނެއްނޫނެވެ. " މަސްޖިދުލް އަގުސާއަކީ މުސްލިމުންގެ ތިންވަނަޔަށް އެންމެ މުގައްދަސް ބިނާއެވެ. މުސްލިމުންގެ ފުރަތަމަގިބުލައެވެ. އަދިކުރީގައިފޮނުވުނު އެންމެހައި ނަބީބޭކަލުންގެ ގިބުލަވެސް މެއެވެ. އަދި ކީރިތި ރަސޫލު ސައްލަﷲއަލައިހި ވަސައްލަމަ މިޢުރާޖަށް އަރައިވަޑައިގެންނެވި ތަންވެސް މެއެވެ. އެރޭކިރިތި ރަސޫލު ސައްލައްﷲއަލައިހި ވަސައްލަމަ އެންމެހައި ނަބިބޭކަލުންނާ އެކު އިމާމުވެ ނަމާދު ކުރެއްވީ ވެސް މަސޖިދުލް އަގުސާގަ އެވެ.

ސުލެއިމާނުގެ ފާނު އަވަހާރަ ވުމަށްފަހު ބަނީއިސްރާއިލްމީހުންގެ ވެރިަކަން ދެބަޔަކަށް ބެހިގެންދިޔައެވެ. އެއީ ސާމިރީ ވެރިކަމާއި ޔަހޫދީ ވެރިކަމެވެ. ގިނަޒަމާންތަކެއް ވަންދެން މިދެބައިމީހުން ވެރިކަމާހެދި އެއްބަޔަކު އަނެއްބަޔަކަށް ތަޅާފޮޅާ ހެދިއެވެ. މިތަޅާފޮޅުމުގެ ފައިދާ ނެގީބާބިލްގެ ރަސްގެފާނު ނަބޫ ޚަޒްނަސަރެވެ.އެވެ. އީސަގެފާނުންގެ 598 އަހަރުކުރިން ބާބިލްގެ ރަސްގެފާނު ބައިތުލް މަގުދިސަށް ހަމަލަދީ އޭނަގެ ބާރުގެ ދަށަށް މުޅިއެސަރަހައްދު ގެނައެވެ. ހަނގުރާމައިގައި އެރަށް ވަރަށް ބޮޑަށް ހަލާކުވެގެން ދިޔައެވެ.

10574392_10152656274492125_5454046824919151986_n
އެއަށްފަހު އެރަށުގެ އިސްވެރިންނާއި އެތައްހާސް ބަޔަކު ހައްޔަރުކޮށްގެން ބާބިލް އަށް ގެނެވުނެވެ. މިހަނގުރާމައިގައި ސުލައިމާން ގެ ފާނުބިނާ ކުރެއްވި އިމާރާތް (ހައިކަލްސުލެއިމާން) ވެސްވަނީ ތަޅާސުންނާފަތިކޮށްލާފައެވެ. އީސާގެފާނުންގެ 539 އަހަރުކުރިން އީރާންގެރަސްގެފާނު ޚަސްރޫ ބާބިލްއަށް ހަމަލަދީ އެރަށްފަތަހަ ކުރުމަށްފަހު ބައިތުލްމަގުދިސުން ހައްޔަރުކުރެވުނު އެންމެން މިނިވަންކޮށް އަތުލައިގެންފައިވާ މުދާތަކާއެކު އަބުރާ ބައިތުލް މަގުދިސަށް އެމީހުންފޮނުވާލިއެވެ. އަދިސުލެއިމާންގެފާނު ބިނާކުރެއްވި އިމާރާތްވެސް އަލުން ބިނާ ކުރިއެވެ.

ޔަހޫދީންގެ ވެރިކަމެއް ބައިތުލް މަގުދިސްގައި ގާއިމުކުރެވުނީ އީސާގެފާނުންގެ 168 އަހަރުކުރިންނެވެ. ނަމަވެސް މާކަގިނަދުވަސްތަކެއްނުވެ ގްރީކްގެ ރަސްގެފާނު ޔަހޫދީންގެވެރިކަން ވައްޓާލުމަށްފަހު ބައިތުލްމަގުދިސް ފަތަހަކުރިއެވެ. އެއަށްފަހު ޔަހޫދީން ތަފާތު ފަހަރުމަތިން އެރަސްގެފާނުންގެވެރިކަމާއި ތޮޅެންނުކުތެވެ. ކޮންމެފަހަރަކުވެސް ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާ އެވެ. އެބިމަށް ފަލަސްތީންގެ ނަމުން ނަންދެވުނީ އެދުވަސްވަރުގައެވެ.

މީލާދީން 636މ. އަހަރު އުމަރުގެފާނުންގެ ޚަލީފާކަމުގެ ދުވަސްވަރު އަބޫޢުބެއިދާ ބުނިލް ޖައްރާޙުގެ ލީޑަރުކަމުގައި ބައިތުލްމަގުދިސަށްމުސްލިމުންގެ ލަޝްކަރެއް ގޮސްް އެރަށް ޙިސޯރުކުރިއެވެ. އެހިނދު އެތަނުގެ ވެރިން ސުލްހަވާން އެބަސްވުމުން އަބޫޢުބެއިދާ އެޚަބަރު އުމަރުގެފާނަށް ދެއްވިއެވެ. ޚަބަރުލިބިލެއްވުމާއެކު އުމަރު އަލީގެފާނުންގެ މަޝްވަރާއާއެކު ބައިތުލް މަގުދިސަށް ވަޑައިގެންނެވިއެވެ.

އެގޮތުން ހިޖުރައިން 17 ވަނައަހަރު ބައިތުލް މަގުދިސްގެ ފުރިހަމަ ކޮންޓްރޯލް މުސްލިމުންގެ އަތްމައްޗަށް އައެވެ. މުސްލިމުން އެރަށްތައް ފަތަހަކުރީއެއްވެސް ލޭއޮހުރުވުމަކާއިނުލައެވެ. އެއަށްފަހު ޢުމަރުގެފާނު އެތަނުގައި މިސްކިތެއް ބިނާކުރެއްވިއެވެ. އެމިސްކިތަށް މަސިޖިދު ޢުމަރުގެ ނަމުން ނަންދެވިގެންވެއެވެ. އޭގެފަހުން 463 އަހަރުވަންދެން ފަލަސްތީނުގައި އޮތީ މުސްލިމުންގެ އަޣުލަބިއްޔަތެވެ. މީލާދިން އެގާރަވަނަ ގަރުނަށްފަހު ފަލަސްތީނު އޮތީ ސަލްޖޫގު، މަމްލޫކް، އުޡްމާނީ ޚިލާފަތުގެ ބަޔެއްގެ ގޮތުގައެވެ.

1189މ. އަހަރު ސޮލާހުއްދީނު އައްޔޫބީ ބައިތުލްމަގުދިސް ފަތަހަކުރެއްވިއެވެ. އެއަށްފަހު އިސްލާމީ ވެރިކަން ފަލަސްތީނުގައި ހަތަރު ގަރުނުވަންދެން ދެމިއޮތެވެ. އުޘްމާނި ޚިލާފަތުގެ ފަހުކޮޅުގައި އިގިރޭސިން ފަލަސްތިނަށް އަތްގަދަ ކުރިއެވެ. އޭގެފަހުން ސަތާރަވަނަގަރުނުގެ ފަހުކޮޅު އިގިރޭސިްނގެ އެހިތެރިކަމާއެކު ދުނިޔޭގެއެކިކަންކޮޅުތަކުން ޔަހުދީން ފަލަސްތިނަށްޖަމައުވެ އެތަނުގައި އާބާދުވާން ފެށިއެވެ. މިކަމަށް ހަލުވިކަމެއް އައީ ނާޒީންޖަރުމަނުން ޔަހޫދީން ބޭރުކުރަން ފެށުމުންނެވެ. އެއިރުއެތާގައި އެތައްޒަމާނުއްސުރެދިރިއުޅެމުންއައި އަރަބިން ވަގުތުން އެކަމަށް އިހުތިޖާޖު ކުރަންފެށިއެވެ. ނަމަވެސް އެއިރު ދުނިޔޭގެބޮޑު ބާރެއްގޮތުގައި ހިމެނޭ އިނގިރޭސިނިންގެ ކުރިމަތީގައި މާބޮޑުކަމެއް ނުކުރެވުނެވެ. އެމީހުންދިޔައީ ހުރިހައި ގޮތަކުން ޔަހޫދީންނަށް އެހީތެކަން ފޯރުކޮށްދެމުންނެވެ.

އިގިރޭސިންގެ މަގުސަދަކަށްވެފައި އޮތީ ފަލަސްތީނުގައި ޔަހޫދީ ދައުލަތެއް އުފައްދައިދިނުމެވެ. މިގޮތުން 1947މ. ގައ ިއދ.ގެ ޖެނެރަލް އެސެމްބްލީން ، ފަލަސްތީން ދެބައިކުރުމަށްފަހު އަރަބިދައުލަތަކާއި ޔަހޫދީ ދައުލަތެއް އުފެއްދުމަށް ގަރާރެއް ފާސްކުރިއެވެ.ވަގުތުން ޔަހުދީން އިޒްރޭލްގެ ނަމުގައި ދައުލަތެއް އުފެއްދިއެވެ. ނަމަވެސް އަރަބިންނަކަށް އެފުރުސަތެއް ހޯދައެއް ނުދިނެވެ. ދެންފަލަސްތީނުގައި ތިބި މުސްލިމުން، އަރަބިން ދިރިއުޅެންޖެހުނީ އެމީހުންގެ އަމިއްލަބިމުގައި ހިސޯރުވެގެންނެވެ. އަވައްޓެރި އަރަބިގައުމުތަކުން މިކަމާއިކަންބޮޑުވެގެން ޔަހޫދީންނާއި ދެކޮޅަށް ހަނގުރާމަފެށިއެވެ. ކަންދިމާކުރި ގޮތުން މިހަނގުރާމައި އަރަބިން ބަލިވީއެވެ. އެކަނި ބަލިވީއަކީއެއްނޫނެވެ.

އަރަބި އިތުރު ބިންތައް ޔަހޫދީން އަރަބިންއަތުން ފޭރިވެސް ގަތެވެ. މިހަނގުރާމައަށްފަހު އަރަބިންނާއި އިސްރާއީލާއި ދެމެދުވި އެއްބަސްމުމެއްގެ ދަށުން ފަލަސްތީނުގެ އަރަބި ބިންތައް ޖޯޑަން އާއި މިސްރުގެ ބާރުގެ ދަށަށްދިޔައެވެ. މިހާރު ޔަހޫދީން ގަތުލުއާއްމުހިންގަމުންދާ ޣައްޒާ ދިޔައީ މިސްރުގެ ބާރުގެދަށަށެވެ. ޔަހޫދީންނަކީ އެމީހުންގެ ވައުދުތަކަށާއި އަހުދުތަކަށް ހުރުމަތްތެރިކޮށްހިތާ ބަޔެއް ނޫނެވެ. އެހެންކަމުން އިގިރޭސިންނާއި ފަަރަންސޭސިންގެ އެހީތެރިކަމާއެކު 1958މ. ގައި މިސްރުއަތުން އެމީހުންގެ ބިމެއްކަމުގައިވާ ސީނާސަހަރާ ފޭރިގަތެވެ.

އަދި 1967 ގެ ހަނގުރާމައިގައި އައްޒާވެސް މިސްރުމީހުންގެ އަތުން ފޭރިގަތެވެ. އަދިއިރުމަތީފަޅީގައިވާ ގޯލާން ފަރުބަދަ ހިމެނޭ ސަރަހައްދާއި މުސްލިމުންގެ ފުރަތަމަ ގިބުލަ އަލްމަސްޖިދުލް އަގުސާ ވެސް އެމީހުންގެ ބާރުގެ ދަށަށް ގެނައީ އެވެ. އެއަށް ފަހު ބައިތުލްމަގުދިސްގެ ނަން ޖެރޫސަލަމަށް ބަދަލު ކުރި އެވެ.

އެއަށް ފަހު 1973 ގައި އިޒްރޭލާއި އަރަބިންނާއި ދެމެދު ހަނގުރާމައެއް ކުރެވުނެވެ. މިހަނގުރާމައިގައިވެސް އިގިރޭސިންނާއި އެމެރިކާމީހުން ޔަހޫދީންނަށް އެހީތެރިވުމުގެ ނަތީޖާއަކީ އަރަބިން ބަލިވުމެވެ.

މިހަނގުރާމައި ފާހަނގަކޮށްލަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ އެއިރު ސައުދީ އަރަބިޔާއިން ޔަހޫދީންނާއި ދެކޮޅަށް ނުވަތަ ޔަހޫދީންނަށް އެހީތެރިވެދިން އިގިރޭސިންނާއި އެމެރިކާއާއި ދެކޮޅަށް އެޅުއްވި ދަތިކިރުމުގެ މުހިއްމު ފިޔަފަޅެވެ. އެދުވަސްވަރު ސައުދީ ރަސްގެފާނަކީ ކިންގް ފައިސަލް އެވެ. ސައުދީއަރަބިޔާއަކީ އެންމެގިނައިން ތެޔޮއުފައްދާ ގައުމެވެ. އަދި ޚާއްސަކޮށް އެމެރިކާއަށާއި ޔޫރަޕަށް ތެޔޮސަޕްލައި ކޮށްދޭ ގައުމުވެސް މެއެވެ. އެހެންކަމުން ކިންގް ފައިސަލް ވަގުތުން ނިންމެވީ ތެޔޮ އުފެއްދުން މެދުކަޑާލުމަށެވެ.

މިފި ޔަވަޅު އެއްޅުއްވުމާއި ގުޅިގެން އެއިރު އެމެރިކާގެ ޔަހޫދީ ޚާރިޖީވަޒީރު ހެންރީ ކިސިންޖަރ ޖިއްދާގައި ކިންގް ފައިސަލްއާއި ބައްދަލު ކުރި އެވެ.
މި ބައްދަލުކު ރުމުގައި ކިންގް ފައިސަލްގެނިންމުން ބަދަލުކުރެވޭތޯ ތަފާތު ގޮގޮތަށް ކިސިންޖަރ މަސައްކަތް ކުރި އެވެ. ކާމިޔާބު ނުވުމުން ޖަޒުބާތުގައި ހުރެ ކިސިންޖަ ކިންގް ފައިސަލަށް ދެންނެވިއެވެ. އިއްޒަތްތެރި ރަސްގެފާނެވެ.

އަހަރެންދަތުރުކޮށްފައި އައި މަތިންދާބޯޓް ޖިއްދާ އެއާރޕޯޓްގައިއެއޮތީ އެބޯޓްގައި ތެޔޮނެތިގެން ދަތުރު ނުކުރެވިފަ އެވެ. އަޅުގަޑު އެބުރި ގައުމަށްދިޔުމަށްޓަކައި އެބޯޓަށް ތެޔު އެޅުމުގެ ހުއްދަ މަނިކުފާނު ދެއްވުމަށް އަޅުގަޑު އާދޭހާ އެކު ދަންނަވަމެވެ. އޭގެ ބަދަލުގައި މަނިކުފާނު އެދިލައްވާ ކޮންމެ ކަމެއް އަޅުގަނޑު މިހިރީ ކޮށްދޭން ތައްޔާރަށެވެ.

ކިސިންޖަރ ލިޔެފައިވާނީ ތިމަންނަގެ މިވާހަކައިން ކިންގް ފައިސަލްގެ މޫނުފުޅުން އެއްވެސް ކަހަލަ ހިނިތުންވުމުގެ އަސެރެއް ނުފެނުނެވެ. އަދި ވަރަށް ހަމަޖެހިވަޑައިގެން ކިންގް ފައިސަލްގެމޫނުފުޅު ތިމަންނައާއި ދިމާލަށް އަބުރާލެއްވުމަށްފަހު ވިދާޅު ވިއެވެ. އަހަރެންނަކީ އުމުރުން ދުވަސްވެފައިވާ ބަލިކަށި މީހަކީ މެވެ.

ދުނިޔެއިން ވަކިވުމުގެ ކުރިން ފުރިމަކުރަންބޭނުންވާ އެދުމެއް އަހަރެންގެ އެބައޮތެވެ. އެއީ މަސްޖިދުލް އަގުސާއަށްގޮސް އެމިސްކިތުގައި ދެރަކުއަތް ނަމާދެއް ކުރުމެވެ. އަހަރެންގެ މިއެދުން ފުރިހަމަކުރުމުގައި އެއްވެސް ގޮތަކުން އެހީތެރިކަމެއް ފޯރުކޮށްދެވިދާނެތޯއެވެ؟ އެހިސާބުން ދުނިޔޭގެއެންމެބޮޑުބާރުކަމުގައިވާ އެމެރިކާގެ ޚާރިޖީ ވަޒީރަށް ޖެހުނީ ހުސްއަތާ އެނބުރި ގައުމަށްދާށެވެ.

މިއަދު ޔަހޫދީން އައްޒާގައި އެތަކެއް މުސްލިމް ކުޑަކުދިންނާއި އަންހެނުން ޝަހީދު ކުރަމުންދާ އިރު އަރަބި މުއްސަދި ގައުމުތަކު ވެރިން ތިބީ ނިދައިފަ އެވެ.

އެމެރިކާ ދެކެ ޖެހިލުން ވާނީ ތޯއްޗެވެ. އެއާއިޚިލާފަށް އަރަބި މުސްލިމް ނޫންގައުމުތަކުން އައްޒާގައިތިބި ނިކަމެތި މުސްލިމުންނަށް ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފެނުމުން މުސްލިމް ގައުމުތަކުގެ ލީޑަރުން ލަދުވެތިވެވަޑައި ނުގަންނަކަމީ ހިތާމަހުރިކަމެކެވެ.

އެގޮތުން ވެނެޒުއޭލާއިން މިހާރު ވަނީ އައްޒާގައި ހާލުގައިޖެހިފައިތިބި ކުޑަކުދިންނާއި އަންހެނުންްނަށް އެގައުމުން ފުރިހަމަ ހިމާޔަތްދޭން ނިންމާފަ އެވެ.

އެހެންކަމުން ކުރިއަށް ހުރިދުވަސްތަކުގައި އިސްލާމީގައުމުތަކުގެެ (އޯއަސީ) ވެރިންގެ ބައްދަލުވުންތަކުގެ ރިޔާސަތު ވެނެޒުއޭލާ އަށްބަލަހައްޓަން ޖެހުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.