Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ހިތަދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ހިލްޔާ

ހިތަދޫ ސްކޫލްގެ މިދިޔަ އަހަރުގެ ސާނަވީ ތައުލީމް ނިންމި ދަރިވަރުންގެ ތެރެއިން އެމްމެ މޮޅު ދަރިވަރަކަށް ގްރޭޑް 10 ބީގެ ދަރިވަރު ހިލްޔާ އިބްރާހިމް ހޮވިއްޖެއެވެ.

ރޭ ހިތަދޫ ސްކޫލްގައި ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، ހިލްޔާއަށް އިނާމާއި ސަނަދު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
10325264_10151999022932132_8448942581696120010_n

ރޭގެ ރަސްމިއްޔާތުގައި އޯ ލެވެލްއިން މުޅި ރާއްޖެއިން ގަދަ 10 އެއްގައި ހިމެނުނު އެ ސްކޫލްގެ 7 ދަރިވަރަަކަށް ވަނީ އިނާމް އަރުވާފައެވެ. އޭގެ އިތުރުން ސްކޫލްގެ ގަދަ 10 އެއްގައި ހިމެނުނު ދަރިވަރުންވެސް ހިމެނެއެވެ.

މީގެ އިތުރުން ގައުމީ މުބާރާތްތަކުގައި ވަނަ ވަނަ ހޯދި ދަރިވަރުންނާއި، މިދިޔަ އަހަރު ގްރޭޑް ތަކުން ވަކި ވަކި މާއްދާތަކުން މަތީވަނަ ހާސިލް ކުރި ކުދިންނަށް ވަނީ އިނާމް ހަވާލުކޮށްފައެވެ.

ހިތަދޫ ސްކޫލުން ރާއްޖޭގެ ގަދަ 10 އެެއްގައި ހިމެނުނު ދަރިވަރުން. ފޮޓޯ: ޠޯހާ ޔާސިން
ހިތަދޫ ސްކޫލުން ރާއްޖޭގެ ގަދަ 10 އެެއްގައި ހިމެނުނު ދަރިވަރުން. ފޮޓޯ: ޠޯހާ ޔާސިން

ރޭގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހްމާން ޑރ. ޝަހީމް ވަނީ ތައުލީމްގެ ބިންގާ ފެށިގެން އައީ އިސްލާމީ ހަޟާރަތުގެ ތެރެއިން ކަމަށެވެ. އަދި މިއަދު ރަމްވަނަ ހާސިލް ކުރި ކުދިންގެ ކާމިޔާބީގެ ސިއްރަކީ އެކުދިންނާއި، އެކުދިންގެ ބެލެނިވެރިން ކުރި ބުރަ މަސައްކަތް ކަން ފާހަނގަކޮށް ބެލެނިވެރިންނާއި، ދަރިވަރުންނަށް ޝުކުރު ދެންނެވިއެވެ.