Last Updated: April 26, 15:02
Friday, April 26, 2024
ކުޅިވަރު

ރޯވިން ޗެމްޕިއަންޝިޕްގައި ދެ އެތުލީޓުން

ރޯވިން އެސޯސިއޭޝަންގެ ޤައުމީ ޓީމްގެ ދެ އެތުލީޓުން މި އަހަރު އޭޝިއަން ރޯވިން ޖޫނިއަ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް މި މަހުގެ 25 ވަނަ ދުވަހު ތައިލެންޑަށް ފުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ޓީމުގައި ދެ އެތުލީޓުންނާއި، ކޯޗަކާއި، އޮފިޝަލަކު ބައިވެރިވާނެ އެވެ.

މި ދަތުރުގައި ޤައުމީޓިމު ތައިލެންޑްގެ ޔީލަން ރޯވިން އެރީނާގައި ފަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއްގައި ވެސް ބައިވެރި ވާނެ އެވެ.

ރޯވިންގެ ބައިނަލް އަޤްވާމީ ހަރަކާތެއް އަންނަ އަހަރު އައްޑޫގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރޯވިން އެސޯސިއޭޝަނުން ބުންޏެވެ.