Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ޑްރަގާ އެކު 16 އަހަރުގެ ކުއްޖަކު ހައްޔަރު

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާ އެކު ކުޑަކުއްޖަކު ހިތަދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިއްޔެ ރޭ 11:45 ހާއިރު ހިތަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުން ރަށު ތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ޢަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން ކަމަށް ފުލުހުން ބުންޏެވެ.

އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން އޭނާގެ އަތުގައި އޮތް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ވަނީ އެއްލާލައިފަ އެވެ.