Last Updated: April 26, 10:52
Friday, April 26, 2024
ސިއްހަތު

ބޭކަޑް ޕޮޓޭޓޯ

* ބޭނުންވާ ތަކެތި:

1 ބޮޑު އަލުވި (ރީތިކޮށް ދޮވެ ސާފުކޮށްފައި)

1 ސައިސަމުސާ އޮލިވް އޮއިލް

2/1 ސަމުސާ ލޮނު

ކުޑަ އަސޭމިރުސްކޮޅެއް

1/4 ޖޯޑު ޗެޑާ ޗީޒް (ގާނާފައި)


* ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ މައިކްރޯވޭވް އަވަން 150 ޑިގްރީ އަށް ހޫނުކޮށްލާށެވެ. އެއަށް ފަހު އަލުވީގެ ވަށައިގެން ވަޅި ހަރަލާފާއި އޭގެ ބޭރުގައި އޮލިވް އޮއިލް ހާކާލާށެވެ.

ދެން އަވަނަށް ލާފައި 90 މިނިޓް ވަންދެން އޭތި މަޑުވެ، ބްރައުން ކުލަ އަރަންދެން ފިހާށެވެ.

އެއަށް ފަހު އަލުވި ނަގައި، މެދުން ފަޅިކޮށްލުމަށް ފަހު އަސޭމިރުހާއި ލޮނު ހެޔޮވަރުކޮށްފައި މައްޗަށް ޗީޒް އަޅާލާށެވެ. މިއީ ހޫނުކޮށް ކާލަން މީރު އެއްޗަކަށް ވާނެ އެވެ.