Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

މަސްތުވެގެން އޮތްވައި ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާ އެކު މީހަކު ސ. ހިތަދޫގައި މަސްތުވެގެން އޮތްވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 31 އަހަރުގެ ފިރިހެނެކެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ޢާންމު ފަރާތަކުން ދިން މަޢުލޫމާތަކާ ގުޅިގެން ފުލުހުން ހިތަދޫ ހަނީކޯމްގެ ބެލި އިރު އޭނާ މަސްތުގެ ހާލަތުގައި އޮއްވައި ފެނުމާ ގުޅިގެން އިއްޔެ އެވެ.

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓް ފެނިފައި ވަނީ މަސްތުގެ ހާލުގައި އޮތް މީހާގެ ފައި ކައިރިންނެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.