Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ކޯޓަށް ހާޒިރު ކުރަން ފޭދޫ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ޑްރަގް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އެއް އަމުރަކާ ގުޅިގެން އައްޑޫ މީހަކު ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އޭނާ ހޯދައި ނުފެނިފައިވާތީ އޭނާ ހޯދުމަށް ޢާންމުކޮށް ފުލުހުން އިޢުލާންކޮށްފި އެވެ.

ޑްރަގް ކޯޓުންނާއި ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރުތަކާ ގުޅިގެން ހޯދަނީ ސ. ފޭދޫ، ކީރަންމާގެ، ޝިފާން ޢަބްދުﷲ، 26، އެވެ.

ޝިފާން ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މާދަމާ ހެނދުނު 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ވަނީ ކޮށްފަ އެވެ.

އެހެންވެ އޭނާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅައި ހިއްސާ ކުރަން ފުލުހުން އެދެ އެވެ.