Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ޑްރަގާ އެކު ހިތަދޫން މީހަކު ހައްޔަރު

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާ އެކު މީހަކު ހިތަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 20 އަހަރުގެ ފިރިހެނެކެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހޯމަ ދުވަހުގެ ރޭ 03:00 ހާއިރު އެވެ.

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓް ފެނިފައި ވަނީ އޭނާ ހުއްޓުވައި ބަލައި ފާސްކުރި ކުރުމުން އޭނާގެ އަތުގައި އޮތް ބާމު ދަޅެއްގެ ތެރެއިންނެވެ. މީގެ އިތުރުން އޭނާގެ އަތުން ފައިސާ ވެސް ފެނިފައިވެ އެވެ.

މި މައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤް ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އަންނަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.