Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ވިއްސާރައިގައި ގެއްލުން ލިބުނު އާއިލާއެއް އެ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުކޮށްފި

ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ހިތަދޫ ގެއެއް.

އައްޑޫއަށް މިހާރު ކުރަމުން އަންނަ ވިއްސާރަގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ގެއެއްގެ މީހުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުކޮށްފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ގެއެއްގައި ދިރިއުޅެމުން ދިޔަ މީހުންނަށް ވަގުތީ ގޮތުން ޕޮލިސް ސްޓޭޝަނުގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައި ދީފައިވާ ކަމަށެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި، ހުޅުމިދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުކޮށްފައިވާ އާއިލާއަކީ އެ ސްޓޭޝަން ކުރިމަތީގައި ހުރި ސަންރޭ ގޭގެ މީހުންނެވެ.

އައްޑޫއަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން އެކި ރަށް ރަށުގެ ގެތަކަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް ފުލުހުންގެ އިތުރުން އެމްއެންޑީއެފް، އައްޑޫ ސިޓީ ކައުންސިލް އަދި ރެޑްކްރެސެންޓާއި އަމިއްލަ ބައެއް ޖަމިއްޔާތަކުން ވެސް ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އައްޑޫ އަށް ކުރަމުން ގެންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް އުދަ ވެސް ވަނީ އަރާފައެވެ. ވިއްސާރައިގައި އައްޑޫގެ 70 ޕަސެންޓް ގެތަކަށް ގެއްލުން ލިބިފައިވާ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.