Last Updated: April 27, 10:17
Saturday, April 27, 2024
ޚަބަރު

ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 2 ޒުވާނަކު މަރުވެއްޖެ

މިއަދު ހަވީރު 5:45 ހާއިރު ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 2 ޒުވާނަކު މަރުވެއްޖެއެވެ.

ހިތަދޫ ލިންކް ރޯޑުގެ ކްރެސް ގަޑަން ރެސްޓޯރެންޓާއި ދިމާލުން ޕަލްސާ ސައިކަލަކާއި ޕިކަޕެެއް ޖެހި ހިނގި ހާދިސާގައި މަރުވެފައިވަނީ ސައިކަލްގައި ތިބި ދެ ޒުވާނުން ކަމަށްވާ ސ. ހިތަދޫ ރާހަތުއްސަބާހު ހުސެއިން ޖުމާން އަލީ 18، އާއި ސ. ހިތަދޫ އަސްރާ މަންޒިލް އިބްރާހިމް އަސްވާދު 27، އެވެ.

ހޮސްޕިޓަލް ސަރަހައްދުގައި ހުރި މީހަކު އައްޑޫލައިވްއަށް ކިޔައިދިންގޮތުގައި އެދެޒުވާނުން ހޮސްޕިޓަލަށް ގެނައި އިރުވެސް ވަރަށް ސީރިއަސް ކަމަށެވެ.

ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ދެ ޒުވާނުން ހޮސްޕިޓަލަށް ގެނައި އިރުވެސް ނޭވާ ނުލާކަމަށާއި، އަދި މިވަގުތަށް އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.
1622156_10204628357929133_5457360506785158061_n

10672327_10204628358809155_1954318658166140679_n