Last Updated: April 26, 10:52
Friday, April 26, 2024
ރިޕޯޓް

އައްޑޫގެ ތާރުއެޅި މަގުތަކުގައި ދުއްވާއިރު ހެލްމެޓް އަޅަން ޖެހޭ ގޮތަށް ހަދަނީ

އައްޑޫގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަގުތަކުގައި ދުއްވާއިރު ހެލްމެޓް އަޅަން ޖެހޭ ގޮތަށް ގަވާއިދެއް ހެދުމަށް ވިސްނަމުންދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ހިތަދޫ ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ ޒުވާނަކު މަރުވި ހާދިސާއަށް ފަހު އައްޑޫގެ ޑެޕިއުޓީ މޭޔަރ އަބްދުﷲ ޠޮއްޔިބް (ޓޮމް) ވިދާޅުވީ ބޮޑެތި މަގުތަކުގައި ދުއްވާއިރު ހެލްމެޓް އަޅަންޖެހޭ ގަވާއިދެއް ހެދުމާއި ގުޅޭ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީއާއި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ޓޮމް ވިދާޅުވީ ޓްރާންސްޕޯޓް އޮތީރިޓީން މިކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދޭން ތައްޔާރަށް އޮތް ކަމަށާއި ބޭނުންވަނީ ވީ އެންމެ އަވަހަކަށް މި ގަވައިދަށް އަމަލް ކުރަން ފެށުން ކަމަށެވެ.
1622156_10204628357929133_5457360506785158061_n

އެއްގަމު ދުއްވާ އެއްޗެހި ދުއްވާއިރު މިހާރު ހެލްމެޓް އަޅަން މަޖްބޫރުކޮށްފައިވަނީ ލިންކް ރޯޑްގައި 60 ކިލޯ މީޓަރަށް ދުއްވަން އޮންނަ ސަރަހައްދުގައެެވެ. އަދި މި ސަރައަހްދުގައި ހެލްމެޓް ނާޅާ ދުއްވާ ފަރާްތައް ޖުރިމަނާ ކުރަމުންގެންދެއެވެ.

އައްޑޫގައި އެކްސިޑެންޓް ހިނގާ ދުވަސްވަރު މިފަދަ ވާހަކަތައް ކައުންސިލުން އަބަދުވެސް ދައްކައެވެ. ނަމަވެސް މިފަދަ ކަންކަމުގައި އަމަލީ ސިފައެއް ޖެހިފައި ނުވެއެވެ.