Last Updated: May 11, 08:35
Saturday, May 11, 2024
ޚަބަރު

ދެ ކިޑްނީ ފެއެލްވެފައިވާ ހިތަދޫ ޒުވާނަކަށް ދީލަތި އެހީ ބޭނުންވެފައި!

ސ. ހިތަދޫ ރާސްޕަރީގެ ޖިނާއު އަހްމަދު ނަސީމް އުމުރުން އެންމެ 20 އަހަރުގައި މިހާރު ދަނީ މަރާއި ހަނގުރާމަކުރަމުންނެވެ. ތައްލީމީ ހަޔާތް ނިންމައި ވަޒީފާއަށް ނިކުތުމުގެ ބަދަލުގައި އޭނާއަށް އޮންނަ ޖެހިފައިވަނީ ޑައިލެސިސް މެޝިނެއްެގެ އެހީގައި ހޮސްޕިޓަލްގައެެވެ. އޭނާގެ ދެ ކިޑްނީ ފެއިލްވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ހިސާބުން އާއިލާ އާއި ޖިނާހްއަށްވަނީ ކުއްލި ޝޮކެއް ލިބިފައެވެ.
10628494_329407833906899_5951666212131704821_n

ބަލިވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ އޭނާއަށް ފަރުވާދޭން ފެށީ އައިސީ ޔޫގައެވެ. ޑޮކްޓަރުންގެ ފަރާތުން އޭނާގެ ދެ ކިޑްނީ ފެއިލްވެފައިވާ ކަމަށް ބުނި ހިސާބުން އާއިލާއިން ވަނީ ޖިނާހުގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ފަށާފައެވެ.

އެގޮތުން އޭނާ އާއި އެއްބަޑު އެއްބަފާ ބޭބެއެއްގެ އެއް ކިޑްނީ ޖިނާހް އަށް ހަދިޔާ ކުރަން ތައްޔާރަށް ހުރި ނަމަވެސް އާއިލާގައި އެފަދަ ބޮޑު އޮޕަރޭޝަނަކަށް ހަރަދު ކުރެވޭ ވަރަށް ފައިސާއެއް ނެތެވެ.
10705009_10152689877329771_1939816658_n

އެހެންވެ އާއިލާއިން ވަނީ ޖިނާހްގެ ފުރާނަ ސަލާމަތް ކުރުމަށް ފައިސާ ހޯދުމަށް ހިތަދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވާފައެވެ. އެ ހަރަކާތުން 11،000 ރުފިޔާ ވަރު އާއިލާއަށް ވަނީ ލިބިފައެވެ.

ޖިނާހްގެ އާއިލާ އާއި ގާތްއެކުވެރިން ސޯޝަލް މީޑިއާގައި ދަނީ ޖިނާހްއަށް އެހީވުމަށް ހަރަކާތްތައް ހިންގަމުންނެވެ.

ޖިނާހްގެ ކިޑްނީ ޓްރާންސްޕްލާންޓަށް ބޭނުންވާ ފައިސާގެ ދީލަތި އެހީއަށް އާއިލާއިން ދަނީ އެދެމުންނެވެ. އަދި އޭނާއަށް އެހީތެރިވެދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9866448/ 7998016/ 9922516 / 7678045 ނަންބަރު ތައް ގުޅައިހެން އެހީތެރިވުމަށް އާއިލާއިން އެދެއެވެ.

ޖިނާހް އާއި އާއިލާއިން އެދެނީ ތިޔަބޭފުޅުންގެ ދީލަތި އެހީއަށެވެ. ﷲގެ މަގުގައި ހޭދަކޮށްލެވޭ އެންމެ ބައިރުފިޔާ ފޮއްޗަކީވެސް ގެއްލިގެންދާނެ އެއްޗެއްނޫނެވެ. އަޅުގަނޑުމެންގެ ދުޢާއަކީ ޖިނާހްއަށް އަވަސް ޝިފާއެއް މާތް ﷲ މިންވަރުކޮށްދެއްވުމެވެ.