Last Updated: April 25, 22:42
Friday, April 26, 2024
ވިޔަފާރި

އިންޑޯ އަދި މައިލޯ ޕެކެޓްތަކުގައި ފަނި ހުރިކަމަށް ބުނާ މައްސަލަތަކެއް ބަލަނީ!

އައްޑޫގެ ބައެއް ފިހާރަތަކުން ވިއްކާ މައިލޯ އަދި އިންޑޯ މިލްކް ޕެކެޓްތައް ގަނޑުވެފައި ހުންނަ ކަމަށާއި ބައެއް ޕެކެޓް ތަކުން ކަޅު ފަނިތަކެއް ހުރި ކަމަށް ބުނާ މައްސަލައެއް އައްޑޫ ޕަބްލިކް ހެލްތު ޔުނިޓްއިން ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މައިލޯ ޕެކެޓްތަކުގައި ފަނި ހުރި މައްސަލަ ސިޓީ ކައުންސިލާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ސަމާލުކަމަށް ގެނެސްފައިވަނީ ހިތަދޫ މެދުވަލު ސްކޫލުންނެވެ.

ޕަބްލިކް ހެލްތު ހިމްގެވުމާއި ހަވާލުވެ ހުންނެވި ފާޠިމަތު ޝަޒްނީ މިއަދު ވިދާޅުވީ މިމައްސަލަ ސީރިއަސް ކަމާއި އެކު ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ފިހާރަކުން ވިއްކާ މައިލޯ އަދި ކިރު ޕެކެޓްތައް އެޔުނިޓްއިން ބަލަމުން ގެންދާ ކަމަށެވެ.

ޝާޒްނީ ވަނީ، ބެލެނިވެރިން ކުޑަކުދިންނަށް މިފަދަ ޕެކެޓް ދިނުމުގެ ކުރިން ރަނގަޅަށް ޗެކް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

އައްޑޫގެ ބައެއް ފިހާރަތަކުން ކުޑަކުދިންނަށްދޭ ޕިކެޓް ވިއްކާއިރު އެފަދަ ތަކެތި ގެންގުޅޭ ޖެހޭ އުސޫލްތަކާއި ހިލާފަށް ބޭނުން ކުރަމުންދާ ކަން ފާހަނގަކުރެވެއެވެ.