Last Updated: April 26, 23:59
Friday, April 26, 2024
ސިޔާސީ

މިރާ ޕީޕީއެމްއާއި ގުޅިއްޖެ

ނިމިގެންދިޔަ އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ކައުންސިލަރު އަހްމަދު މިރުޒާދު މިރާ ދާދި ދެންމެއަކު ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.
10592960_290968744444400_2342785921978316278_n
މިރާ ޕީޕީއެމްއަށް ސޮއިކުރީ ރައީސް ޔާމީންގެ އަނބިކަބަލުންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އާއި މެޓްރިކްސް މޯޑުގެ އިތުރުން ރައީސްގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ބައްދަލުވުމުގައި ފޭދޫގެ ބައެއް އިތުރު ޒުވާނުން ވަނީ ސޮއިކޮށްފައެވެ.
10653742_10152324302146931_8340794202551422862_n

ފޭދޫ ހުސްވެފައިވާ ކައުންސިލް ގޮޑިއަށް ވާދަކުރުމުގެ ގޮތުން ބޭއްވި އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވެ މިރާ ވަނީ ނާކާމިޔާބްވެފައެވެ. އަދި މިއަހަރު ބޭއްވި މަޖްލިސް އިންތިހާބްގެ އެމްޑީޕީ ޕްރައިމަރީގައިވެސް މިރާ ވަނީ ނާކާމިޔާބްވެފައެވެ.

މިރާ އަކީ ނަޝީދުގެ ސަރުކާރު ނިމުމަކަށް އައުމަށްފަހު ފެބްރުއަރީ 8، 2012ގައި އައްޑޫގެ ޕޮލިސް ސްޓޭޝަން ތަކާއި، ކޯޓު ތައް އަންދާލި މައްސަލާގައި ހައްޔަރު ކުރި މީހެކެވެ.