Last Updated: April 25, 22:42
Friday, April 26, 2024
ވިޔަފާރި

ތްރީއެސް ފޭދޫ ފިހާރައިން "ފިސާ" ކާޑުން ފައިސާ ނެގޭނެ

ފޭދޫ ތްރީއެސް ސުޕަ މާޓް ފިހާރައިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދޫކުރާ ފިސާ ކާޑަށް ފައިސާ ނެގޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެމްއައިބީ އައްޑޫ ބްރާންޗު މެނޭޖަރ ފާޠިމަތު ޝަމާ ވިދާޅުވީ ތްރީއެސް ފިހާރައިން ޕީއޯއެސް މެޝިން މެދުވެރިކޮށް ދުވާލަކަށް 4000 ރުފިޔާ ނެގޭނެކަމަށެވެ. އަދި ފައިސާ ނެގުމަށް 5 ރުފިޔާ ޗާޖެއް ހިމަނާފައިވާ ކަމަށެވެ.

ޝަމާ ވިދާޅުވީ އެމްއައިބީގެ ހިދްމަތް ހޯދާ ކަސްޓަމަރުންނަށް ފަސޭހައިން ފައިސާ ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ހިތަދޫ ފަޒާ ފިހާރަ އާއި، މަލްޓީ ސުޕަމާޓްގެ އިތުރުން ހިތަދޫ ތްރީއެސް ފިހާރައިގައި ޕީއޯއެެސް މެޝިން ބަހައްޓައި ހިދްމަތް ދެމުން އަންނަ ކަމަށެވެ. އަދި މި ހިދްމަތަށް ކަސްޓަމަރުންގެ ހިތްހަމަޖެހުން ލިބިފައިވާ ކަމަށެވެ.

އައްޑޫގެ ގިނަ ބަޔަކު ވަނީ އިސްލާމިކް ބޭންކްގެ ހިދްމަތް ހޯދަން ފަށާފައެވެ. އެގޮތުން އެކައުންޓް ދުވަހުން ދުވަހަށް، ހުޅުވި، އަވަސް ހިދްމަތެއްގެ ގޮތުގައި ފައިސާ ނަގާ ކާޑް ކަސްޓަމަރުންނަށް ދަނީ ދޫކުރަމުންނެވެ.