Last Updated: May 1, 20:45
Wednesday, May 1, 2024
ވިޔަފާރި

މިފަހަރު ސީހައުސް އައްޑޫގައި މިޝީ!

މިޝީ އާޠިފް. ފޮޓޯ: މިޝީ ފޭސްބުކް ޕޭޖް

ރާއްޖޭގެ ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިއާ މިޝީ އާޠިފް މާދަމާ ރޭ ސީހައުސް އައްޑޫގައި ލައިވްކޮށް ޝޯވްއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ސީހައުސްއިން ބުނެފިއެވެ.

މާދަމާ ރޭ 9 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ ޝޯވް ވަނީ އާއްމުކޮށް ހުޅުވާލާފައެވެ.
10616519_564576467003440_7656349862199272765_n

ސީހައުސް އައްޑޫ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ހުޅުވުމާއި ގުޅިގެން، ގިނަ ބަޔަކު ދަނީ އެކެފޭއަށް ޒިޔާރަތްކުރަމުންނެވެ. އަދި މިވަގުތު އައްޑޫ ޒުވާނުންގެ މެދުގައި އެންމެ މަގްބޫލް ކެފޭގެ ގޮތުގައި ސީހައުސް ވަނީ މަޝްހޫރުވެފައެވެ.

ސީހައުސް އައްޑޫގައި މީގެ ކުރިން މަޝްހޫރު ލަވްކިއުންތެރިއާ ޝިއުޒް ވަނީ ލައިވް ޝޯވްއެއް ބާއްވާފައެވެ. މި ޝޯވްއަށްވެސް ގިނަ ބައެއްގެ ތަރްހީބްވަނީ ލިބިފައެވެ.