Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ފްލެޓް އެޅުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ފެށޭނެ : ކައުންސިލް

ހިތަދޫ ހައުސިން ޔުނިޓް އަޅާ ސަރަހައްދުގައި ފެންސް ޖަހާފައި.

ޗައިނާގެ އެގްޒިމް ބޭންކްގެ ލުއި ލޯނެއްގެ ދަށުން އައްޑޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހައުސިން ފްލެޓްތަކުގެ އަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ފެށޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ، ޗައިނާގެ ނެޝަނަލް މެޝިނަރީ އެންޑް އިކްޕްމަންޓް، އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ) އާއި ކައުންސިލުން މިދިޔަ ހަފްތާގައި ބައްދަލު ކުރުމުން ހިތަދޫ އާއި ހުޅުމީދޫގައި އިމާރާތް ކުރާ ފްލެޓް ތަކަށް ބޭނުންވާ ސާމާން ލިބުމުގައި ލަސްތަކެއް އުޅޭކަމަށް އެފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ.
1782074_10152786855119558_9011573287503314509_n

ސޯބެ ވިދާޅުވީ ކުރިން މައުލޫމާތު ލިބުނު ގޮތުން މަސައްކަތަށް ބޭނުންވާ ސާމާން އަންނަ މަހު އައްޑޫއަށް ގެނެވޭނެއެވެ. ނަމަވެސް ކުޑަ ޑިލޭއެއް ވެގެން ސާމާން އައްޑޫއަށް ގެނެވޭނެ ކަމަށް ސީއެމްއީސީން މައުލޫމާތު ދީފައިވަނީ އަންނަ ނޮވެމްބަރު މަހު ކަމަށެވެ.

ހުޅުމީދޫގައި 48 އަދި ހިތަދޫގައި 50 ފްލެޓް އެޅުމަށް ބޭނުންވާ ބިން ވަކިކޮށް އެތަނުގެ ވަށައިގެން ފެންސް ޖަހާފައިވާ އިރު މި ފަހަރުގެ ފްލެޓް ތަކަކީ 4 ބުރިއަށް އިމާރާތް ކުރާ ފްލެޓްތަކވެ.

ސޯބެ ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް ފަށާ ހިސާބުން، ފްލެޓްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާނެކަމަށެވެ.

އައްޑޫގައި އަޅާ ފްލެޓްތަކުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.