Last Updated: April 26, 11:19
Friday, April 26, 2024
ރިޕޯޓް

"މަރުގެ އިންޒާރު" ދޭ ވީޑިއޯގައި ވެސް މަޝްހޫރު "ޕީޕީއެމް އިންގްލިޝް"!

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދް ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނާ ޕެންޑްރައިވްގައި ހުރި "ރައީސް ޔާމީން އަވަހާރަކޮށްލާނެ ގޮތުގެ ޕްލޭން" މައުލޫމާތުތައް ލީކްކޮށްލުމާއި އެކު އޭގައި "ޕީޕީއެމް އިންގްލިޝް" ބޭނުން ކޮށްފައިވާ ކަމަށް ބުނެ ގިނަ ފަރާތްތަކުން ފާޑު ކިޔަން ފެށިއެވެ.

ހަމަ އެގޮތަށް އިއްޔެ ޔޫޓިއުބުގައި އައިއެސްގެ ދިދަ އާއި އެކު ލީކުކޮށްލައިގެން އުޅޭ ޔާމީނާއި ނައިބް ރައީސް އަދީބަށް "މަރުގެ އިންޒާރުދޭ" ވީޑިޔޯގައި ވެސް "ޕީޕީއެމް އިންގްލިޝް" ހުރިކަން މިވަނީ ހާމަވެގެން ގޮސްފައެވެ.

މި ވީޑިއޯގައި ދިވެހި ބަހުން ވާހަކަ ދައްކާފައިވާ ވާހަކައިގެ އިނގިރޭސި ތަރުޖަމާ ވީޑިއޯގެ ތިރިއަށް އަރުވަމުން ގެންދިޔައިރު ، އިނގިރޭސި ބަހުން ރައްޔިތުންގެ މަޖިލީހުގެ ނަން ކަމަށްވާ ، "Parliament" ގެ ސްޕެލިން ލިޔެފައިވަނީ ،”Parliment” ގެ ގޮތުގައެވެ. އަދި "Terrorism" ގެ ސްޕެލިންގް ލިޔެފައިވަނީ "Terrosm" ގެ ގޮތުގައެވެ.

މީގެ އިތުރުން ވެސް ވީޑިއޯގެ ތިރިއަށް އިނގިރޭސި ބަހުން އަރުވަމުން ގެންދިޔަ ލިޔުންތަކުގައި ގްރެމާ މިސްޓޭކްތަކާއި އެހެނިހެން ސްޕެލިން މިސްޓޭކްތައް ވެސް ހުރިކަން ފާހަގަކޮށްލެވެއެވެ.
ffff
މި ވީޑިއޯ އަކީ ސަރުކާރު އަޑީގައި އޮވެގެން ފަތުރަން މަސައްކަތް ކުރާ ޕްރޮޕެގަންޑާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވާ އިރު، ޕީޕީއެމްގެ ފަރާތުން ސޯޝަލް މީޑިޔާގައި އާންމުކުރާ ލިޔުންތަކުގައި ހުންނަ ކަމަށް ގިނަ ބަޔަކު ބުނާ "ޕީޕީއެމްއިންގްލިޝް" ހުރުމަކީ ސަރުކާރާއި މި ވީޑިއޯ އާއި ގުޅުން ހުރި ކަމުގެ ހެއްކެއްގެ ގޮތުގައި ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.
Untitledfffffffff
މިއަހަރު ކުރީކޮޅު ކުރީގެ ރައީސް ނަޝީދާ ދެކޮޅަށް ޕީޕީއެމް މެންބަރުން ކުރި މުޒާހަރާއެއްގައި ވެސް ނަޝީދުގެ މައްޗަށް އަވަހަށް ހުކުމްކުރަންވީ ކަމަށް ގޮވާލަމުން ދިޔައިރު އެމީހުން ހިފަހައްޓައިގެ ތިބި ބޯޑުތަކުގައި "ޕްރޮސިކިއުޓް ނަޝީދު" ލިޔެފައި ހުރުމުން ވެސް އެމްޑީޕީ ސަޕޯޓަރުން ވަނީ އެއީ "ޕީޕީއެމް އިންގްލިޝް" ކަމަށް ބުނެ ފާޑުކިޔާފައެވެ. ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނިކޮށް "ޕްރޮސިކިއުޓް ނަޝީދު" އޭ ލިޔެފައިވާ ބޯޑްތައް ހިފަހައްޓައިގެން ތިބެ "ނަޝީދުގެ މައްޗަށް ހުކުމްކުރާށޭ" ބުނީމާ ހަމަ ނުޖެހޭ ކަމަށް އެމްޑީޕީގެ ސަޕޯޓަރުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ސ.އިސްމެހެލާ ހެރަ ރިސޯޓަކަށް ހެދުމުގެ ޕްރޮޖެކްޓް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ބެހި ލީފްލެޓްތަކުގައި 'ޕީޕީއެމް އިންގްލިޝް' ހުރި ކަމަށް ބުނެ ވެސް ގިނަ ބަޔަކު ފާޑު ކިޔަމުން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ޕީޕީއެމްގެ ސަރުކާރާއި ގުޅުންހުރި ގިނަ ހަރަކާތްތަކާއި ދިމާކޮށް، "ޕީޕީއެމް އިންގްލިޝް" ފެނުން އިތުރުވެފައިވާއިރު، މިފަހަރު އާންމުވެގެން މިއުޅޭ "މަރުގެ އިންޒާރު" ވީޑިއޯ އުފެއްދީ އަނެއްކާ "ޕީޕީއެމް އިންގްލިޝް" އެ ބަޔަކަށް ނިސްބަތް ކުރެވޭ ޕީޕީއެމް މެންބަރުންތަކެއް ކަމުގައި ވެދާނެ ހެއްޔެވެ ؟