Last Updated: April 26, 15:02
Friday, April 26, 2024
ވިޔަފާރި

ދިރާގު ބުރޯޑްބޭންޑް އަގަށާއި ސްޕީޑަށް ބޮޑު ބަދަލެއް!

ދިރާގުގެ ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތުގެ އަގުތައް ހެޔޮކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ ޑިރެކްޓަރު މާކެޓިން އަހުމަދު މައުމޫން ވިދާޅުވީ އަލަށް ގެނައި ބަދަލާ އެކު ދިރާގު ބުރޯޑްބޭންޑް އިންޓާނެޓް ސްޕީޑު އެންމެ ދަށްވެގެން 2 އެމްއެމްޕީއެސް އިން ފެށިގެން ހަލުވި ކުރެވިފައިވާ ކަމަށާއި އިތުރު ޑޭޓާ އެލަވަންސާއި އެކު ބައެއް ޕެކޭޖްތަކުގެ އަގުހެޔޮކުރެވިފައިވާ ކަމަށެވެ.

ދިރާގުގެ މެނޭޖާ މާކެޓިން މުހައްމަދު ފާހިރް ވިދާޅުވީ އަލަށް ގެނެވުނު ބަދަލުތަކާ އެކު ނުވަ ޕެކޭޖެއްގެ އަގު ހެޔޮކޮށްފައިވާ އިރު ދެ ޕެކޭޖެއް ފިޔަވާ އެހެން ޕެކޭޖްތަކުގެ ޑޭޓާ އެލަވަންސް އިތުރުކޮށްފައިވާ ކަމަށެވެ.


ބްރޯޑްބޭންޑް ޕެކޭޖުތަކަށް ގެނައި ބަދަލުތައް:

  • 2 އެމްބީޕީއެސް އަންލިމިޓެޑް ޕެކޭޖު: މަހަކު 690ރ. / އަންލިމިޓެޑް
  • 4 އެމްބީޕީއެސް ބޭސިކް ޕެކޭޖު: މަހަކު 300ރ. / 15 ޖީބީ ހިލޭ
  • 4 އެމްބީޕީއެސް ސްޓޭންޑާޑު ޕެކޭޖު: މަހަކު 550ރ. / 30 ޖީބީ ހިލޭ
  • 4 އެމްބީޕީއެސް ޕްލަސް ޕެކޭޖު: މަހަކު 790ރ. / 50 ޖީބީ ހިލޭ
  • 4 އެމްބީޕީއެސް ޕްރިމިއަމް ޕެކޭޖު: މަހަކު 990ރ. / 85 ޖީބީ ހިލޭ
  • 5 އެމްބީޕީއެސް ޕެކޭޖު: މަހަކު 1290ރ. / 110 ޖީބީ ހިލޭ
  • 15 އެމްބީޕީއެސް ޕެކޭޖު: މަހަކު 1490ރ. / 135 ޖީބީ ހިލޭ
  • ހޯމް އަލްޓްރަ ފާސްޓް (25 އެމްބީޕީިިއެސް) ޕެކޭޖު: މަހަކު 1790ރ. / 250 ޖީބީ ހިލޭ
  • ހޯމް އަލްޓްރަ ފާސްޓް ޕްލަސް (36 އެމްބީޕީިިއެސް) ޕެކޭޖު: މަހަކު 2300ރ. / 350 ޖީބީ ހިލޭ
  • ފައިބަ އަށް އެމްބީޕީއެސް ޕެކޭޖު: މަހަކު 1290ރ. / 110 ޖީބީ ހިލޭ
  • ފައިބަ 15 އެމްބީޕީއެސް ޕެކޭޖު: މަހަކު 1490ރ. / 135 ޖީބީ ހިލޭ
  • ފައިބަ 50 އެމްބީޕީއެސް ޕެކޭޖު: މަހަކު 1790ރ. / 250 ޖީބީ ހިލޭ
  • ފައިބަ 100 އެމްބީޕީއެސް ޕެކޭޖު: މަހަކު 2300ރ. / 350 ޖީބީ ހިލޭ

 


ދިރާގުގެ ބްރޯޑްބޭންޑް އިންޓާނެޓް ސްޕީޑަށް ކުރިއެރުމާ އެކު އިންޓަނެޓު ހިދުމަތުގެ ސްޕީޑް ދެ އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސްއާ ހަމައަށް ލިބޭނެއެވެ. އަދި ޑޭޓާ އެލަވަންސް 15 ޖީބީއިން ފެށިގެން 350 ޖީބީ އާއި ހަމައަށް ލިބިގެންްދާނެއެވެ.