Last Updated: April 26, 15:47
Friday, April 26, 2024
ވިޔަފާރި

ފުށުގައި ކެމިކަލްއެއް އެކުލެވިފައިވާ ވާހަކަ އެސްޓީއޯ އިން ދޮގުކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގެންނަ ފުށުގައި ކެމިކަލްއެއް އެކުލެވިފައިވާ ކަމަށް ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފިއެވެ.

އެސްޓީއޯއިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެސްޓީއޯއިން އެތެރެކުރާ ކާޑު އަދި ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރަމުން ދަނީ ވަކި މިންގަނޑުތަކެއްގެ ދަށުން، ކަމާއި ބެހޭ އިދާރާތަކުގެ ހުއްދަ އާއިއެކު ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އެސްޓީއޯގެ ނަމުގައި ދައުރުވަމުންދާ މެސެޖްއަކީ އެސްޓީއޯއިން ނެރެފައިވާ މެސެޖްއެއް ނޫން ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެސްޓީއޯއިން ބަޔާނެއް ނެރެފައިވަނީ އެ ކުންފުނިން އެތެރެކުރާ ގޮދަން ފުށުގައި ކެމިކަލްއެއް އެކުލެވޭ ކަމަށް ބުނެ އެސްޓީއޯ ނަމުގައި މެސެޖްއެއް ދައުރުވާން ފެށުމާއި ގުޅިގެންނެވެ. އެ މެސެޖްގައި ވަނީ އެސްޓީއޯއިން އެތެރެކުރި ގޮދަން ފުށުގައި ކެމިކަލްއެއް އެކުލެވޭތީ ފުށް ވިއްކުން ހުއްޓާލުމަށް ބުނެފައިވެއެވެ.