Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ލިންކް ރޯޑްގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ސީރިއަސް ހާލަތުގައި!

މަރަދޫ ފޭދޫ ކޯޡްވޭގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ. ފޮޓޯ: އިބްރާހިމް ރަފީއު

ރޭ 10:40 ހާ އިރު މަރަދޫ ފޭދޫ އާއި ފޭދޫ ގުޅޭ ކޯޒްވޭ މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާ ލިބުނު ޒުވާނަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ މިއަދު ވިދާޅުވީ، އެކްސިޑެންޓްގައި ބޮލަށް އަނިޔާވެ، އައިސީ ޔޫގައި ފަރުވާ ދެމުންދާ ޒުވާނާ މިއަދު ހެނދުނު މާލެ ފުރުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ac2

މި ހާދިސާގައި ސީރިއަސް އަނިޔާ ލިބިފައިވަނީ މަރަދޫ، ކުދިރުވާގެ، މުހައްމަދު ޝިރުފާން (18އ)އެވެ. މި ހާދިސާގައި އިތުރު ދެ މީހަކަށް އިތުރު އަނިޔާލިބި ފަރުވާ ދެމުންދާކަމަށް ހަފްސާ ވިދާޅުވިއެވެ. ނަމަވެސް އެމިހުންގެ ހާލު އެހާ ސީރިއަސް ނޫންކަމަށް ހަފްސާ ވިދާޅުވިއެވެ.

ފަރުވާ ދެމުންދާ އަނެއް ދެމީހުންނަކީ ސ. ފޭދޫ އިންކާރަނައާގެ، މުހައްމަދު އިބްރާހިމް (70އ) އާއި ސ. މަރަދޫ، ލިލީގެ، ހުސެއިން ޝިނާހްއެވެ.
10430444_1489892081264123_991006326411832059_n

ފޭދޫން ވާހަކަ ދެއްކި މީހަކު ބުނީ އެކްސިޑެންޓް ހިނގާފައިވަނީ މުހައްމަދު އިބްރާހިމް ބައިސިކަލްގައި ދަނިކޮށް، ފަހަތުން ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލަކާއި ޖެހިގެން ކަމަށެވެ.

މިހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުންގެ ފަރާތުން އަދި ލިބިފައި ނުވެއެވެ.