Last Updated: April 26, 06:56
Friday, April 26, 2024
ވިޔަފާރި

އައްޑޫގައި ގެސްޓް ހައުސް ވެންޗާގެ ފުރަތަމަ އެއްބަސްވުން ޓާޓާއެކު

ގެސްޓް ހައުސް ވެންޗާގެ ދަށުން އަމިއްލަ ފަރާތްތަކުގެ ބިން ކައުންސިލާއި ހަވާލު ކުރުމުގެ ތެރެއިން. ފޮޓޯ: ކައުންސިލް މީޑިއާ

އައްޑޫ ގައި ކުރިއަށްގެންދާ ގެސްޓް ހައުސް ވެންޗާގެ ދަށުން ހިތަދޫގެ ދެ ސަރަހައްދެއްގައި ގެސްޓް ހައުސް ތަރައްޤީ ކުރުމަށް އަންނަ ހަފްތާގައި އިންޑިޔާގެ ބިޔަ ކުންފުންޏެއްކަމަށްވާ ޓާޓާއެކު ސޮއި ކުރުމަށް ހަމަޖެހިއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫގައި ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ހުޅުވާލި ފުރުސަތު މިދިޔަ މޭއި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހަމަވި އިރު ބޭރުގެ ތިން ކުންފުންނަކުން ރިކްއެސްޓް ފޮ ޕްރޮޕޯސަލް (އާރްއެފްޕީ) ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ނެދަލެންޑްސްގެ ކުންފުންޏަކާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ އަންނަ މަހުގެ ތެރޭގައި އިތުރު ފަރާތްތަކާއި އެކު އެއްބަސް ވުން ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކައުންސިލްގެ އަމާޒަކީ ދޮޅު އަހަރު ތެރޭ އައްޑޫގައި 2000 އެނދު ގާއިމް ކުރުމެވެ. އެގޮތުން ގެސްޓް ހައުސް ތަރައްގީ ކުރަން ކުއްޔަށް ބިން ދޫކުރަން ބޭނުންވާ ފަރާތްތަކާ އެކު ދާދި ފަހުން ވަނީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ވެސް ހަދައިފަ އެވެ.

ކައުންސިލްގެ ގެސްޓް ހައުސް ވެންޗާގެ ދަށުން އަމިއްލަ ފަރާތްތަކުގެ ބިން ކުއްޔަށް ދޫކޮށްފައިވަނީ 25 އަހަރަށެވެ. އަދި އެގޮތަށް ދޫކުރާ ބިމުގައި ހެދުމަށް ހަމަޖެހިފައިވަނީ ހަ ކޮޓަރި އާއި 15 ކޮޓަރިއާއި ދެމެދުގެ ގެސްޓް ހައުސްތަކެވެ.