Last Updated: May 8, 18:18
Wednesday, May 8, 2024
ކުޅިވަރު

ޕްރެޒިޑެންޓް ކަޕް މާޒިޔާ އުފުލާލައިފި

މާލެއިން ބޭރުގައި ބޭއްވި ތާރީހީ ދެވަނަ ޕްރެޒިޑެންޓްކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި މާޒިޔާ ފުރަތަމަ ފަހަރަށް އުފުލާލާފިއެވެ.

މާޒިޔާ ތަށި އުފުލާލާފައިވަނީ މުބާރާތް ހަތަރުވަނަ ފަހަރަށް ކާމިޔާބް ކުރުމަށް ނިކުތް އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް 3-1 ލަނޑު ބަލިކޮށްގެންނެވެ.
DSC_0778

ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗް ބަލަން ހާޒިރު މެޗްގެ ފުރަތަމަ ގޯލް މެޗްގެ 7 ވަނަ މިނިޓްގައި ކާމިޔާބް ކޮށްދިނީ މާޒިޔާގެ އަސަދުއްﷲ އަބްދުﷲ އެވެ.
DSC_0749

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗްގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބުނެވެ. އެގޮތުން ނިއުގެ އަލީ ފާސިރު (ސެންޓޭ) ވަނީ 24 ވަނަ މިނިޓްގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަ ހަމަކޮށްދީފައެވެ.
DSC_0834

ނަމަވެސް ފުރަތަމަ ހާފް ނިމެމުން ދަނިކޮށް މާޒިޔާއަށް ލިބުނު ކޯނަރެއް އޭރިއާ ތެރެއަށް ހުރަސްވި ވަގުތު އުމެއިރުވަނީ ނިއުގެ ގޯލަށް ވައްދައިގެން މާޒިއާ އަށް ލީޑު ނަގާދީފައެވެ.
DSC_0803

މާޒިޔާގެ ތިންވަނަ ލަނޑު ދެވަނަ ހާފްގައި ކާމިޔާބް ކޮށްދިނީ ބިދޭސީ ކުޅުންތެރިއާ ޕަބްލޯ ރޮޑްރިގޭޒްއެވެ.

މުބާރާތުގެ ތަށި މާޒިޔާ އާއި ހަވާލުކޮށްދެއްވީ މެޗްގެ ޝަރަފުވެރި މެހްމާން ޔޫތު މިނިސްޓަރ ޒުހޫރުއެވެ.
DSC_0601

މިތައްޓާއެކު އޭއެފްސީކަޕްގެ ދެވަނަ ޖާގަ މާޒިޔާއަށް ލިބޭނެއެވެ. ފުރަތަމަ ޖާގަ ދޭނީ ލީގު ޗެމްޕިއަން ޓީމަށެވެ.