Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ޓެރަރިޒަމްގެ ރިކޯޑް އޮންނަ މީހަކު ވައްކަން ކޮށްގެން ހައްޔަރުކޮށްފި

ހިތަދޫ ޕޮލިސް ސްޓޭޝަން: . ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ސިޓީ ހިތަދޫ ގެއަކުން ލެޕްޓޮޕެއް ވަގަށް ނެގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވާގޮތުގައި ޓެރަރިޒަމްގެ މައްސަލަތަކާއި ފޭރުމާއި ވައްކަމުގެ އިތުރުން މާރާމާރީގެ ރިކޯޑްތައް އޮންނަ 28 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 10:30 އެހާކަށް ހާއިރު އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް މި މީހާ ގެނެސްފައިވަނީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ލެޕްޓޮޕް ގެއެއްގައި ފޮރުވުމަށް މަސައްކަތް ކުރަމުންދަނިކޮށް އެވަގުތު ރަށުތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ވެހިކަލް ފެނުމާއެކު އެލެޕްޓޮޕް އެގޭތެރޭގައި ބެހެއްޓުމަށްފަހު ފިލާފައި ވަނިކޮށެވެ.

އައްޑޫ ސިޓީގައި މިވަގުތު ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ވެސް ހަރަކާތްތެރިވަމުން އަންނައިރު ކުށްކުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅު ތަކެއް އަޅަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އައްޑޫގެ މަގުތަކުގައި ފުލުހުން ގެންދަނީ، ޓްރެފިކް އޮޕަރޭޝަންތައް ހިންގަމުންނެވެ.