Last Updated: May 8, 18:18
Wednesday, May 8, 2024
ޚަބަރު

ގްރީން ޓެކްސް ގަވާއިދު ގެޒެޓު ކޮށްފި

މި އަހަރުގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނެގުމަށް ހަމަޖެހިފައިވާ ގްރީން ޓެކްސް ނެގުމާ ގުޅޭ ކަންކަން ހިމެނޭ ގްރީން ޓެކްސް ގަވާއިދު ހޯމަ ދުވަހު ގެޒެޓު ކޮށްފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެކުލަވައިލައިފައިވާ މި ގަވާއިދުގައި، ގްރީން ޓެކުހަށް ރަޖިސްޓަރީ ކުރުމާއި، ގްރީން ޓެކްސް ހިސާބުކުރުމާއި، ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމާއި، އަދި ގްރީން ޓެކްސް ނެގުމާ ގުޅޭ އެ ނޫން ވެސް ކަންކަން ތަފުސީލުކޮށް ހިމަނައިފައި ވެއެވެ.

ގްރީން ޓެކްސް ނެގުމަށް ހަމަޖެހިފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ރިޒޯޓްތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން، ދުވާލަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ގްރީން ޓެކްސް ނެގުމަށްޓަކައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާހު ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފައި ވަނީ 17 ޑިސެންބަރު 2014 ގައެވެ.