Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ފާހާނާތެރޭ މަސްތުވާ ތަކެތި ބޭނުންކުރަން ހުރި މީހަކު ހައްޔަރުކޮށްފި

ހިތަދޫ ގެއެއްގެ ފާޚާނާތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ބޭނުން ކުރަން ހުރި 43 އަހަރުގެ ފިރިހެނަކު ފުލހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އެމީހާ އަތުލައިގަތީ އިއްޔެ މެންދުރު ލިބުނު ރިޕޯޓަކާއި ގުޅިގެން އެގެއަށް ގޮސް އޭނާ އުޅޭ ގޭގެ ފާޚާނާ ތެރޭގައި ހުއްޓައެވެ.

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 4 ރަބަރު ޕެކެޓް ފެނިފައިވަނީ އޭނާ ހުރި ފާޚާނާތެރެ ބަލައި ފާސްކުރިއިރުއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހަކީ 3 ފަހަރުމަތިން ހުއްޓުވައި ސުވާލުކޮށް 5 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 3 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަންކުރުމުގެ ރެކޯޑް އޮންނަ މީހެކެވެ.

މަސްތުވާތަކެތީގެ މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.