Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ހިތަދޫ އަންދާލި ޕޮލިސް ސްޓޭޝަން ކުރިމަތިން ނުރައްކާތެރި އެކްސިޑެންޓެއް ހިގައިފި

މިރޭ ހިތަދޫ ޕޮލިސް ސްޓޭޝަން ކުރިމަތިން އެކްސިޑެންޓް ވި އެއްސައިކަލް. ފޮޓޯ: އައްޑޫލައިވް

ހިތަދޫ އަންދާލި ޕޮލިސް ސްޓެޝަން ކުރިމަތިން ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ފުލުހަކަށާއި އިތުރު ދެމީހަކަށް އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަދެއެވެ.

މިރޭ 9:21 ހާ އިރު ހިނގި މިއެކްސިޑެންޓްގައި ފަރުވާ ދެމުންދަނީ ހިތަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ އަލީ އަމީރު ހދ.މަކުނުދޫ (32) އާއި މުހައްމަދު އަމަލް، ލަގްޒަރީވިލާ، މަރަދޫ ފޭދޫ (17) އަދި އިސްމާއިލް ހަސަން، އާފެހި މަރަދޫފޭދޫ (18) އަށެވެ.

މި ހާދިސާގައި އަލީ އަމީރުގެ ބޮލަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އަނެއް ދެ މީހުންނަށް ސީރިއަސް އަނިޔާ ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

މިރޭގެ އެކްސިޑެންޓް ހިގާފައިވަނީ މީގެ 4 ރޭ ކުރިން ހިތަދޫ ބޮޑު މަގުގައި ހިގި އެކްސިޑެންޓެއްގައި 33 އަހަރުގެ ޒުވާނަކު ނިޔާ ވުމާއި ގުޅިގެން، ސްޕީޑް މަތަ ކުރުމަށް ލިންކް ރޯޑާއި ހިތަދޫ ބޮޑުމަގުގެ އެެކި ހިސާބުތަކުގައި ފުލުހުން ބެރިކޭޑް ބަހައްޓާފައި ވަނިކޮށެވެ.