Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އަދި މިހާތަނަށް މައްސަލައެއް ހުށަ ނާޅާ- އެޗްއާރްސީއެމް އައްޑޫ އޮފީސް

އެޗްއާރްސީއެމްގެ

ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށްގެން ހިތަދޫގައި ހުޅުވި ހިއުމަން ރައިޓްސް ކަމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އައްޑޫ އޮފީހަށް އެއްވެސް މައްސަލައެއް މިހާތަނަށް ހުށަހަޅާފައި ނުވާކަމަށް އެ އޮފީހުން ބުނެފިއެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ އެޗްއާރްސީއެމް އައްޑޫ އޮފީހުން ބުނީ މިވަގުތު އެ އޮފީހުން ކުރަމުންދާ މަސައްކަތަކީ އެކޮމިޝަނުން ބަލަމުން އަންނަ މި ސަރަހައްދުގެ މައްސަލަތަކާ ގުޅޭ ގޮތުން ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އަދި އެ އޮފީސް ރަސްމީކޮށް ހުޅުވުމާއި އެކު ސީދާ އެތަނުންވެސް އިންސާނީ ހައްޤުތަކާ ގުޅޭ މައްސަލަތަށް ބަލައިގަނެ އެ މައްސަލަތައް ބަލަމުންދާނެކަމަށެވެ.

ހިތަދޫ މެދެ އާރި މަގުގައި ހެދި އޮފީހަށް ބޭނުންވާ މުވައްޒަފުން ނެގުމަށްފަހު މިހާރު ދަނީ ތަމްރީނު ދެމުންނެވެ.