Last Updated: April 26, 18:02
Friday, April 26, 2024
ޚަބަރު

ބީއެމްއެލް ލޯނެއް ނުދައްކައިގެން ފޭދޫ މީހަކު ގޭ ބަންދަށް!

ބޭންކް އޮފް މޯލްޑިވްސް ހިތަދޫ ބްރާންޗް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައި ވާ ލޯނަކަށް ގަވާއިދުން ފައިސާ ނުދައްކައިގެން ފޭދޫ މީހަކު 1 މަސް ދުވަހަށް ގޭ ބަންދު ކުރަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ފައިސާ ނުދައްކައިގެން މަސް ދުވަހަށް ގޭ ބަންދު ކުރަން ހުކުމް ކޮށްފައިވަނީ ސ.ފޭދޫ ޒުމައްރަދުގޭ މުހައްމަދް ސަމީޙްގެ މައްޗަށެވެ.

ސިވިލް ކޯޓުގެ ޤާޞީ މަރްޔަމް ނިހާޔަތު އިއްވެވި ހުކުމްގައި ވަނީ، “މިއީ މުހައްމަދް ސަމީޙްގެ މައްޗަށް ޘާބިތުވެފައިވާ މިދަރަންޏަށް ފައިސާ ނުދައްކައިގެން އަދަބު ކަނޑައަޅަން ޖެހުނު ފުރަތަމަ ފަހަރުކަމުގައިވާތީ، ރަހުނެއް ނުހިމެނޭ ޘާބިތު ދަރަނީގެ މުޢާމަލަތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ސ.ފޭދޫ/ޒުމައްރަދުގެ މުޙައްމަދް ސަމީޙް 2014 ނޮވެމްބަރ 6 އިން ފެށިގެން 1 (އެކެއް) މަސްދުވަހަށް ގޭގައި ބަންދުކުރުމަށް މުހައްމަދް ސަމީޙްގެ ޢައިރު ހާޒިރުގައި ޙުކުމްކޮށްފީމެވެ”.

ސަމީހު ބީއެމްއެލްއިން ނެގި ލޯނަށް ފައިސާ ނުދައްކައިގެން އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ 2012 ވަނ އަހަރު ތެރޭގައެވެ.