Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

މަރަދޫ ގެއަކަށް ތޫނުއެއްޗެހި ހިފައިގެން ވަދެ ދެމީހަކު ޒަހަމް ކޮށްލައިފި

މިއަދު ހެނދުނު 7:30 ހާއިރު މަރަދޫ ގެއަކަށް ވަދެ އެގޭގެ ދެމީހަކު ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު ހެނދުނު ޒަހަމް ކޮށްލާފައިވަނި ބައްޕައަކާއި އެގޭގެ ފިރިހެން ދަރިއެކެވެ.

މަރަދޫން ވާހަކަ ދެއްކި މީހަކު ބުނީ މަރަދޫ، "އާނިކަ" ގޭގެ ދޮރަށް ބަޔަކު ޓަކި ދިނުމުން ދޮރު ހުޅުވާލުމާއި އެކު މޫނު ނިވާކޮށްގެން ތިބި ބަޔަކު ގޭތެރެއަށް ވަދެ ބައްޕަގެ ބޮލުގައި އެއްޗަކުން ޖެހުމަށްފަހު އޭނާގެ ފިރިހެން ދަރިފުޅަށްވެސް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.

އަދި އެގޭގައި ބޭނުން ކުރާ ބައެއް ސާމާން ވަނީ ހަލާކުކޮށްލާފައެވެ.
14420_10152770522640339_4609508048666331581_n

1505435_10152770522445339_8346053464934640787_n

ބަޔަކު އެގެއަށް ވަދެފައިވަނީ އިއްޔެ ރޭ މަރަދޫގައި ހިނގި މާރާމާރީއެއްގައި މީހެއްގެ ބޯ ކަތިވަޅިއަކުން ޒަހަމްކޮށްލާފައި ވަނިކޮށެވެ.

މިހާދިސާގައި ޒަހަމްވި މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ އިރު ތަފްސީލެއް އަދި ލިބިފައި ނުވެއެވެ.

ތަފްސީލް އަންނަނީ….