Last Updated: April 26, 18:07
Friday, April 26, 2024

މަރަދޫގެ ގެއަކަށް ވަދެ މާރާމަރީ ހިންގި މައްސަލަ އައްޑޫ ޝަރީފް ކުށްވެރިކޮށްފި

މިއަދު ހެނދުނު 7:30 ހާއިރު މަރަދޫ، އާނިކަ ގެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ހިންގި ލާއިންސާނީ އަމަލް އެދާއިރާގެ މަޖްލިސް މެމްބަރ އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ކުށްވެރިކޮށްފިއެވެ.

ޝަރީފް މިއަދު ވިދާޅުވީ، "މޫނު ނިވާކޮށްގެން ތިބި ބަޔަކު މަރަދޫގެ ގެއަކަށް ވަދެ ހިންގި އަނިޔާވެރި މާރާމާރީ އެންމެ ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ".

މިއަދު ހެނދުނު މަރަދޫގެ ގިނަ ބަޔަކު ނިދާފައި ތިއްބާ މުޅި ރަށް ހޭލުވަލީ، އާނިރު ގޭގެ ތިން ބަފައިންނަށް އަނިޔާވެރި ގޮތަކަށް ހަމަލާ ދިން ހަބަރާއިއެކުއެވެ.

މަރަދޫން ވާހަކަ ދެއްކި މީހަކު ބުނީ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ސައިކަލެއްގައި ގޮސް އެގޭގެ ދޮރަށް ޓަކި ދިނުމުން ދޮރު ހުޅުވާލުމާއި އެކު އެގެއިން ނިކުތް ފިރިހެން މީހާގެ ބޯ ފަޅާލާފައިވާ ކަމަށެވެ. އަދި އެގޭގެ އިތުރު ފިރިހެން ކުއްޖަކަށާއި، 2 އަހަރަށްދާ ތުއްތު އަންހެން ކުއްޖަކަށްވެސް ވަނީ ހަމަލާ ދީފައެވެ. އަދި އެގޭގެ ތަކެއްޗަށްވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ދީފައެވެ.

އަދި މަރަދޫ މަގުމަތީގައި ޕާކް ކޮށްފައި ތިބި ބައެއް ވެހިކަލްތައް ވެސް އެބަޔަކު ވަނީ ތަޅާލާފައެވެ.

މިހާދިސާގައި އަނިޔާ ލިބުނު 3 މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ. އަދި މިހާދިސާ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.