Last Updated: May 8, 02:23
Tuesday, May 7, 2024
ޚަބަރު

ހުއްދަ ނެތި ގެއަކަށް ވަން ހިތަދޫ މީހަކު ހަތަރު އަހަރަށް ޖަލައް!

ގޭގެ ވެރިފަރާތުގެ ހުއްދަނެތި ގެއަކަށް ވަން މައްސަލައެއްގައި ސ.ހިތަދޫ މީހަކާއި އިތުރު ދެމީހަކު ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ޖަލަށްލާން ހުކުމް ކޮށްފައިވަނީ ސ. ހިތަދޫ ރޯޝަނީގެ މުހައްމަދު ޝަމްއޫން ހަސަންއެވެ.

ދެހާސް ބާރަވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ 04:35 ހާއިރު މާލޭގެ ގެއަކަށް އެގޭގެ ވެރިފަރާތުގެ ހުއްދައާނުލައި ވަތް މައްސަލައާ ގުޅިގެން ހުކުމް އިއްވާފައިވާ އަނެއް ދެމީހުންނަކީ މއ. ކެލާގެއާގެ އަހުމަދު ޝާހުއާއި ހ. ފެހިބިން އިބްރާހިމް އުނައިސްއެވެ.

ކޯޓުން އިއްވި ހުކުމްގައި ވަނީ ދައުވާއަށް ތިން މީހުންވެސް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާތީ، އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުން އެ ތިން މީހުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިއީ އެ ތިން މީހުންގެ މައްޗަށް އެބާވަތުގެ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށްވާތީ، ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ތިން މީހުންކުރެ ކޮންމެ މީހަކު ހަތަރު އަހަރަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.