Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ފޭދޫ ރަށްދެބައި މަގު: އައްޑޫގައި ހަދާ އެންމެ ފެންވަރު ރަނގަޅު މަގު

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އިން މިހާރު ހަދަމުން އަންނަ ފޭދޫ ރަށްދެބައި މަގަކީ އައްޑޫގައި ހަދާ އެންމެ ފެންވަރު ރަނގަޅު މަގުކަމުގައި އެކޯޕަރޭޝަނުން ބުނެފިއެވެ.
33
އެމްއާރްޑީސީ އައްޑޫ އިސް އޮފިޝަލަކު ވިދާޅުވީ ރަށްދެބައި މަގު ހަދަމުން ދަނީ މަގުގެ ޕޭވްމަންޓްގެ އަޑިން ކަރަންޓް، ފޯނު އަދު ނަރުދަމާ އަށް ބޭނުންވާ ހުރިހާ ހޮޅިތައް ވަޅުލައިގެން ކަމަށާއި، އައްޑޫގައި މިހާރު ހަދާފައިވާ އެއްވެސް މަގެއްގައި މިގޮތަށް ހޮޅި ވަޅުލާފައި ނުވާނެކަމަށެވެ.

އަދި މަގުގައި ފެން ބޮޑު ނުވާނެ ގޮތްވެސް ވަނީ ހަދާފައެވެ.
11

ފޭދޫ ސްކޫލްވެސް ހުންނަ، ރަށްދެބައި މަގުގެ ތާރު އެޅުން އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅަށް ތާވަލް ކުރެވިފައިވާ ކަމަށް، އެމްއާރްޑީސީއިން ބުނެއެވެ.

އެމްއާރްޑީސީން ވަނީ ފޭދޫގެ ވަކި ސަރަހައްދެއްވެސް ތާރު އަޅައިގެން ހަދަން ފަށާފައެވެ.