Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މަރަދޫ ބަނދަރު ބޮޑު ކުރަނީ

މަރަދޫ ބަނދަރު، ފޮޓޯ: ކިއުންތެރިއެއް

ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ މަރަދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު އަންނަ އަހަރު ފަށިގެންދާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަރަދޫ ބަނދަރާއި ގުޅޭގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ކޮންމެވެސް ހިސާބެއްގައި ބަނދަރުގެ މަޝްރޫއު ފެށިގެންދާނެކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ. އަދި ބަޖެޓް ފާސްވެގެން ދިއުމުން ބަޖެޓްގައިވާ މަޝްރޫއުތައް ތަރުތީބުން ކުރިއަށްދާނެ ކަމަށެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާނީ ކޮލެޓީއަށް ވިސްނައިގެން ކަމަށާއި، އެކަމަށް ކުރަންޖެހޭ ދިރާސާތައް ކުރައްވާނެ ކަމަށެވެ. އެގޮތުން މިހާރު މަރަދޫގައި އޮތް 700 ފޫޓް ދިގު 300 ފޫޓް ފުޅާ ބަނދަރުގެ ސައިޒް ނިންމާނީ ރައްޔިތުންނާއި، ކައުންސިލްގެ މަޝްވަރާތަކަށް ފަހުއެވެ.