Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ހުޅުމީދޫ ބަނދަރު އަންނަ ޖެނުއަރީ މަހު ނިމޭ ވަރުވާނެ

ހުޅުމީދޫގައި ސަރުކާރުން ހަދަމުން އަންނަ ބަނދަރު އަންނަ ޖެނުއަރީ މަހު ނިމޭ ވަރުވާނެ ކަމަށް މަސައްކަތް ކުރަމުން އަންނަ ލަންކާގެ ސެނަކް ކުންފުނިން ބުނެފިއެވެ.

ސެނެކް ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ މަސައްކަތް ދިގުލައިގެން ގޮސްފައިވަނީ އެކުންފުނިން މީދޫ އާއި އިސްމެހެލާ ހެރަ ދެމދުން ޗެނަލް އެއް ކޮނުމުގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށެވެ.

ގާތްގަޑަކަށް 26 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހުޅުމީދޫގައި ހަދާ މިބަނދަރުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރުއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ފައިސާ ދައްކާގޮތަށް ފެށި މި މަޝްރޫއު ފައިސާގެ މައްސަލަ ތައް ދިމާވެގެން ވެސް ވަނީ މަޑު ޖެހިފައެވެ. '

އަދި މިހާރު މި މަސައްކަތް އަވަސްކޮށް ނިންމުމުގެ ގޮތުން ސަރުކާރުގެ ޕްރޮޖެކްޓަކަށް ބަދަލުކޮށްފައިވާ އިރު މި ބަނަދަރުގެ އެއްގަމު ތޮށި ހަދަނީ ޝީޓްޕައިލްކޮށްގެންނެވެ.

ހުޅުދޫ އަދި މީދޫގެ ދެ ރަށުގެ ގުޅޭ ސަރަޖހައްދުގައި ހަދާ މި ބަނދަރުގެ މަސައްކަތް ކުރިއަށްދާ އިރު ހުޅުދޫއާއި މީދޫގައި މިހާރު ބޭނުންކުރަމުން އަންނަ ވަކި ދެ ބަނދަރު ވަރަށް ބޮޑަށް ތޮއްޖެހިފައިވާއިރު ބަނދަރުގެ ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ.