Last Updated: April 26, 11:19
Friday, April 26, 2024
ރިޕޯޓް

ރައްކާ ރޯޑް ޝޯވް- އައްޑޫއަށް މުހިއްމު ހަރަކާތެއް: ފޮލިސް

މިއަދު ހަވީރު ކޯހެރަ ސަރަހައްދުގައި ހިނގި އެކްސިޑެންޓް، ފޮޓޯ: ކިއުންތެރިއެއް

މިމަހުގެ 21 އިން 26 އަށް އައްޑޫގައި ބާއްވާ “ރައްކާ”ރޯޑް ޝޯވްއަކީ އައްޑޫއަށް މުހިއްމު ހަރަކާތެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

އެލައިޑް އިންޝުއަރެންސުގެ އެހީތެރިކަމާއެކު ފުލުހުން ބާއްވާ މި ރޯޑް ޝޯވްއަކީ ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން މުޅި އައްޑޫ ސިޓީގައި ބާއްވާ ބޮޑު ޙަރަކާތެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ އިސްވެރިއަކު ދުއްވި ވެހިކަލް އެކްސިޑެބްޓް ވެފައި. ފޮޓޯ: ކިއުންތެރިއެއް
ފުލުހުންގެ އިސްވެރިއަކު ދުއްވި ވެހިކަލް އެކްސިޑެބްޓް ވެފައި. ފޮޓޯ: ކިއުންތެރިއެއް

ފުލުހުން ބުނީ އައްޑޫއަށް އަމާޒުކޮށް މިފަދަ ޙަރަކާތެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އައްޑޫ ސިޓީގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ރަމްޒުކޮށް ދިނުން ކަމަށެވެ.

"އައްޑޫސިޓީގެ މަގުތަކަކީ މުޅި ރާއްޖޭގެ ނިސްބަތުންވެސް ނުރައްކާތެރި ބޮޑެތި އެކްސިޑެންޓްތަކެއް ގާތް ގާތުގައި ހިނގައި އެތައް ބައެއްގެ ފުރާނަ ގެއްލި ގޮސްފައިވާ މަގުތަކެކެވެ. ސަރާސަރު ބޮޑެތި ބިޔަ މަގުތަކެއް ހެދިފައިވާއިރު އެމަގުތައް ބޭނުން ކުރުމުގައި ހުރިހާ ފަރާތްތަކަކުންވެސް ދޭންޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ހީވެސް ނުކުރާފަދަ ބޮޑެތި ގެއްލުންތަކެއް އައްޑޫ ސިޓީގެ މަގުތަކުގައި ދުއްވާ އެއްގަމު އުޅަނދުތަކަށް ލިބިފައިވެއެވެ. އައްޑޫ ސިޓީގެ މަގުތަކުގައި ހިނގާފައިހުރި ބޮޑެތި އެކްސިޑެންޓްތަކުގެ ސަބަބުން މީހުންގެ ފުރާނައަށް ގެއްލުން ލިބުމުގެ އިތުރުން ވެހިކަލްތަކާ އެހެނިހެން މުދަލަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައި ހުރިކަން ފާހަގަ ކުރަން ޖެހެއެވެ." ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.

.
.

އައްޑޫގެ މަގުތަކުގައި އަމާން ކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް "ރައްކާ" ރޯޑް ޝޯވް އަކީ ފާހަގަކޮށްލެވޭ ވަރުގެ ހަރަކާތަކަށް ވެގެންދާނެކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ރޯޑް ޝޯވް އަކަށް ތައްޔާރުވަމުން އަންނަ އިރު މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ޒުވާނަކަށް ސީރިއަސް ގެއްލުންތަކެއް ލިބި އައިސީޔޫގައި ފަރުވާ ދެމުންދާކަން ފާހަގަކޮށްލެވެއެވެ.
acc1

އައްޑޫގައި ބާއްވާ ރައްކާ ރޯޑް ޝޯވް އަކީ ފުލުހުން ކުރިއަށް ގެންދާ ސިލްސިލާ ރޯޑް ޝޯވްގެ ތެރެއިން އައްޑޫގައި ބާއްވާ ފުރަތަމަ ޝޯވްއެވެ. މީގެ އިތުރު ޝޯވްއެއް މިދިޔަ އަހަރު މާލޭގައި ވަނީ ބާއްވާފައެވެ.