Last Updated: April 27, 09:13
Saturday, April 27, 2024
ޚަބަރު

ހުޅުމީދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހުޅުމީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 32 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ހުޅުމީދޫގެ ޕޮލިސް ސްޓޭޝަނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕްރޭޝަންގައި އޭނާ އަތުލައިގެންފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގެ 14:30 ހާއިރުއެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އައްޑޫ މީދޫ “އިސްމެހެލާ ހެރަ” ކިޔާ ފަޅުރަށް އޮންނަ ސަރަހައްދަށް އައި ދޯންޏަކުން އެއްޗެއް ހިފައިގެން ފަތާފައި ރަށަށް އެރިވަގުތު އެވެ. އަދި އޭނާއަށް ފުލުހުން ފެނުމާއެކު އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލާލައި ފިލަން މަސައްކަތްކޮށްފައިވެއެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ އެއްލާލި އެތިނަގައި އޭނާގެ ހާޒިރުގައި ބަލައިފާސްކުރިއިރު ހުދުކުލައިގެ ފޮތި އަންގިއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.

މި މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް މީދޫ ކޯޓުން ވަނީ ޖަހާދީފައެވެ.