Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

އުތުރު ކޮރެއާގެ ސަބްމެރިންއަކުން މިސައިލެއް ފޮނުވާލައިފި

އުތުރު ކޮރެއާގެ ސިންޕޯ ކައިރިން ކޭއެން-11 ގެ ނަން ދީފައިވާ މިސައިލު 500 ކިލޯމީޓަރު މައްޗަށް ގޮސްފައިވެއެވެ.

އެމެރިކާ އަދި ދެކުނު ކޮރެއާ ވަނީ މިހާރު އެމީހުންގެ އަސްކަރީ ހެވިކަން ފަރިތަކުރަން ފަށާފައިކަމަށް ޚަބަރު ލިބެއެވެ. ރޭގެ ވަގުތެއްގައި އުތުރު ކޮރެއާ އިން ޓެސްޓު ކުރި މި މިސައިލު ވެއްޓިފައިވަނީ ޖަޕާނުގެ ކަނޑަށެވެ.

ޖަޕާނުގެ ބޮޑު ވަޒީރު ބުނެފައިވަނީ މިއީ އުތުރު ކޮރެއާ އިން ކޮށްފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

މިސައިލު ޓެސްޓު ކުރުމުގެ ކުރިން އުތުރު ކޮރެއާ އިން އެމެރިކާއަށް ބޮން އަޅާފާނެ ކަމުގެ އަޑު ވަނީ ފެތުރިފައެވެ. ދެކުނު ކޮރެއާ ގައި 80،000 އެމެރިކާ އަދި އެގައުމުގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ޚަބަރު ލިބެއެވެ.