Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ބިދޭސީއަކު "ޑްރަގާ" އެކު އައްޑޫން ހައްޔަރުކޮށްފި

އައްޑު އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 32 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އޭނާ ހައްޔަރު ކުރީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ މަރަދޫ ބަނދަރު ސަރަހައްދުން ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ފެނުނު ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ދެ ބްލެޓް ފެނިފައިވެ އެވެ.

އޭނާގެ ބަންދުގެ މުއްދަތަށް ފޭދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.