Last Updated: April 26, 20:05
Friday, April 26, 2024
ރިޕޯޓް

"އީސީސީ ނެތިކޮށްލަން ކުރާ މަަސައްކަތް ހުއްޓާލާ"

އީސީސީ ނެތިކޮށްލަން ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ގޮވާލައި އިދިކޮޅު އިއްތިހާދުން ކޮންވެންޝަން ސެންޓަރު ސަރަހައްދުގައި އަޑު އުފުލައިފިއެވެ.

"ހެލެއި" އައްޑޫ ވެހިކަލް ބުރުގައި، ގިނަ އަދަދެއްގެ ބަޔަކު ވަނީ އީސީސީ ވަށައިގެން ބުރެއް ޖެހުމަށްފަހު، އެ ސަރަހައްދުގައި ފޮޓޯއެއް ނަގާފައެވެ.
DSC_9304

ވެހިކަލް ބުރުގައި ބައިވެރިވި މީހުން ބުނީ ރައީސް ޔާމީންގެ ސަރުކާރުން އީސީސީ ވީރާނާ ކޮށްލަން ކުރާ މަސައްކަތް ފެއިލްކޮށްލާނެ ކަމަށެވެ.

އެފަރާތްތަކުން ގޮވާލީ ހޮސްޕިޓަލެއް ހެދުމަށްކަމަށް ބުނެ، އީސީސީ ނެތިކޮށްލުން ދޫކޮށްލައި، ހޮސްޕިޓަލް އަޅަން ދޫކޮށްފައިވާ ބިމުގައި ހޮސްޕިޓަލް އެޅުމަށެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) އާއި ޑެޕިއުޓީ މޭޔަރ އަބްދުﷲ ޠޮއްޔިބް އިސްކޮށް ހަރަކާތްތެރިވި، ބުރު ވަނީ ބޯ ވިއްސާރައިގައި ދަތުރުކޮށް ގޮސް ފޭދޫ ބަނދަރަށް ނިންމާލާފައެވެ.

އިއްތިހާދުން އަންނަނީ އައްޑޫގައި އެކި ހަރަކާތް ބާއްވަމުންނެވެ.