Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ކޯޓު އަމުރެއްގެ ދަށުން ހިތަދޫ ގެއެއް ފާސް ކުރަން ފަށައިފި

ހުސްނޫގެ ބަލައި ފާސް ކުރުމަށް ފަހު ފުލުހުން ބައެއް ތަކެތި ގެންދަނީ. ފޮޓޯ: އައްޑޫލައިވް

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިތަދޫ ގެއެއް ބަލައި ފާސް ކުރަން ފަށައިފިއެވެ.

ހިތަދޫ "ރޮޔަލްޕާލް ޝޮޕް" ކުރިމަތީ ހުންނަ "ހުސްނޫގެ" ފުލުހުން ބަލައި ފާސް ކުރަމުން ދަނީ ކޮން ސަބަބަކާއި ގުޅިގެންކަން ސާފެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "އައްޑޫލައިވް"އަށް ވިދާޅުވީ ހިތަދޫ ގެއެއް ބަލައި ފާސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެގެ ބަލައި ފާސް ކުރަނީ ވަކި "ހާއްސަ" ކަމެއް އޮވެގެން ނޫންކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ހުރި "އައްޑޫލައިވް"ގެ ނޫސްވެރިއާ ބުނީ ފުލުހުން އެގޭގެ ތެރެއިން ފޮށިގަނޑެއްގެ ސާމާން ގެންގޮސްފައިވާ ކަމަށެވެ.

ހިތަދޫގައި ފަންޑިތަ ހެދުމަށް މަޝްހޫރު އެގޭގައި ދިރިއުޅެނީ އުމުރުން ދުވަސްވީ ދެމަފިރިން އެކަނިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އެގެއިން ގެންގޮސްފައިވަނީ ފިގްހު ފޮތްތަކަކާއި، ބޭސްވެރިކަމާއި ގުޅުން ހުރި ފޮތްތަކެއް އަޅާފައިވާ ފޮށި ގަނޑެކެވެ.