Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ކުނި ކޮށި ސަރަހައްދުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހިތަދޫ ކުނިކޮށި ސަރަހައްދުން ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާ ލިބުނު މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދޭން ފަށައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ ހިތަދޫ، ކުނަހަންދޫގެ، ހުނެއިސް އަށެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި "އައްޑޫލައިވް"ގެ ނޫސްވެރިޔާ ބުނީ ހުނެއިސްގެ ނިތްކުރިން ތަންގަނޑެއް ފަޅައިގެން ގޮސް އިތުރު އަނިޔާވެފައިވާ ކަމަށެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ކުނި ކޮށީގައި ރޯވެފައިވާ އަލިފާން ގަނޑު ނިއްވާލުމަށް މޫދުން ކުނިކޮށްޓަށް އަޅާފައިވާ ފެން ހޮޅިއަށް އަރައި ސައިކަލް ކޮންޓްރޯލް ނުވެގޮސް ވެއްޓިގެން ކަމަށެވެ.

"ފަޔަރު މީހުން ކުނި ކޮށި ނިއްވާލުމަށް އެތަނުގައި އަޅާފައިވާ ފެން ހޮޅި މައްޗަށް އަރައި ކޮންޓްރޯލް ނުވެ ވެއްޓި އަނިޔާވީ، ހޮޅި މަތިން ދަތުރު ކުރެވޭނެ ގޮތް ހަދާފައި އޮތީ، އެކަމަކު ސައިކަލުން އައި މީހާ އަައީ ވަރަށް ބާރަށް"

މަންޒަރު ދުށްމީހަކާއި ހަވާލާދީ އައްޑޫލައިވް ނޫސްވެރިޔާ ބުންޏެވެ.

އޭނާ ބުނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ކުރަމުންދާތީ އެސަރަހައްދުގެ މަގު ވަރަށް ދުރުން ފެށިގެން އެނގޭނެ ގޮތަށް ފާހަގަ ކޮށްފައިވާ ކަމަށެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އައްޑޫގައި ވަނީ ގިނަ އެކްސިޑެންޓްތައް ހިނގާފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް 3 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.