Last Updated: April 26, 06:56
Friday, April 26, 2024
ސިޔާސީ

މިއީ ސީމެގުން ވަކިވާން އެންމެ މުނާސަބު ވަގުތު: ރިޔާޒު

ކޮމަންވެލްތުން ރާއްޖެވާން އެންމެ މުނާސަބު ވަގުތަކީ މިއީ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރ ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ރިއޔާޒު ވިދާޅުވީ ކޮމަންވެލްތުގައި ރާއްޖެ އޮތުމަކުން ކުރާ ފައިދާއެއް ނެތްކަމަށާއި، އެ ޖަމާއަތުން ރާއްޖެ ވަކިވާން ޖެހޭ ވަގުތަކީ މިއީކަމަށެވެ.

ކޮމަންވެލްތު މިނިސްޓީރިއަލް އެކަޝަން ގްރޫޕް (ސީމެގް)އިން ރާއްޖޭގެ ކަންކަން އިސްލާހު ކުރުމަށް އިތުރު ފުރުސަތެއް އިއްޔެ ދީފައި ވަނިކޮށް ރިޔާޒު މިއަދު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ކޮމަންވެލްތުގައި ރާއްޖެ އޮތުމުން ކުރި އެއްވެސް ފައިދާއެއް ނެތްކަމަށެވެ.

ރިޔާޒް ވިދާޅުވީ ކޮމަންވެލްތުން ރާއްޖެ ވަކިވުމާއި ގުޅޭ ގޮތުން މަޖްލިސް ހުޅުވުމުން މަޝްވަރާ ފަށާނެކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. ރިޔާޒު ރަޝީދު ވަނީ 2012 ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވާން ބިލެއް މަޖްލިސްއަށް ހުށަހަޅާފައެވެ.