Last Updated: April 26, 10:52
Friday, April 26, 2024
ރިޕޯޓް

ވީޑީއޯ ބަލާވަރު ފޭސްބުކުން އަންދާޒާ ކުރީ ނުބައިކޮށް

ފޭސްބުކްއިން މީހުން ވީޑިއޯ ބަލާ ވަގުތު ލަފާކުރިވަރަށްވުރެ މަދުކަން އެ ކުންފުނިން ބުނެފިއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ފޭސްބުކްއިން އަސްލު މީހުން ވީޑީއޯ ބަލާފައިވާ ވަގުތަށްވުރެ 80 ފޭސްބުކްއިން ލަފާކޮށްފައިވާ މިންވަރު 80 އިންސައްތަ އިތުރެވެ.

ފޭސްބުކްއަކީ އިޝްތިހާރު ކުރަން ބޭނުންވާ މީހުންނަށް އޮތް ވަރަށް ރަނގަޅު ޕްލެޓްފޯމެކެވެ. ފޭސްބުކްގެ ޒަރިއްޔާއިން އިޝްތިހާރު ކުރާ މީހުންގެ ވީޑިއޯތައް މީހުން ބަލަނީ ކިހާ ވަރަކަށްތޯ ދެނެގަނެވެއެވެ.

ފޭސްބުކް އިން ބުނީ އެ ކުށް މިހާރު ރަނގަޅުކޮށްފައިވާ ކަމަށާއި އިޝްތިހާރު ކުރާ ފަރާތްތަކުން ފޭސްބުކްއަށް ފައިސާ ދައްކާ މިންވަރަށް ބަދަލު އައިސްފާ ނުވާ ކަމަށެވެ.

އެ މައްސަލައިގެ ސަބަބުން ފޭސްބުކްގެ މެޓްރިކްއެއް ކަމަށްވާ މީހުން ވީޑީއޯ ބަލާ ވަގުތުގެ މެދުމިންގަނޑު ދެނެގަތުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

ނަމަވެސް 3 ސިކުންތައްވުރެ މަދު ވަގުތުކޮޅަކަށް ވީޑިއޯ ބަލާފައިވާ މީހުން އެ މެޓްރިކްގައި ހިމަނާފައެއް ނުވެއެވެ.

ފޭސްބުކްއިން ނެރުނު ބަޔާނެއްގައި ވަނީ އެ ކުންފުނިން މެޓްރިކް ހިސާބުކުރުމުގައި ދިމާވާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށާއި، އެކަން މިހާރު ހައްލުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން އިޝްތިހާރުކުރާ މީހުން ދައްކާ ފައިސާއަކަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.