Last Updated: April 26, 23:59
Saturday, April 27, 2024
ކުޅިވަރު

ޒޯން އަށެއް ފޭދޫ ޗެމްޕިއަން ތަށި އަވަށު އޮފީހަށް

"މިނިވަން ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގެ ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދި ފޭދޫ ޓީމްގެ ތަށި ރޭ ފޭދޫ އަވަށު އޮފީހާ ހަވާލުކޮށްފި އެވެ.

ތަށި ހަވާލު ކުރުމާއި ޓީމުން ހޯދި ކާމިޔާބީ ފާހަގަ ކުރަން އަވަށު އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޓީމްގެ ފަރާތުން ތަށި ހަވާލުކޮށް ދިނީ ފޭދޫ ޓީމްގެ ކެޕްޓަން އަހުމަދު ސައީދު (އައްމަޓީ) އާއި ފޭދޫ ކައުންސިލަރު އަލީ ފަހުމީ އަހުމަދެވެ.

އަވަށު އޮފީހުގެ ފަރާތުން ތައްޓާ ހަވާލުވެވަޑައިގެންނެވީ ޑެޕިއުޓީ ޑިރެކްޓަރު ހަސަން ލަތީފެވެ.

މި ރަސްމިއްޔާތުގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ހައުސިން މިނިސްޓްރީގެ ކޯޑިނޭޭޭޓަރު މުހައްމަދު ފައިސަލްގެ އިތުރުން ފޭދޫގެ ކުރީގެ މަޝްހޫރު ބައެއް ފުޓްބޯޅަ ތަރިން ބައިވެރިވި އެވެ.

ރޭގެ ހަފުލާގައި ކައުންސިލްގެ ފަރާތުން ޓީމަށް ވަނީ ހާއްސަ ކެއުމެއް ވެސް ދީފަ އެވެ.

cttn9-jvmaaplch

ސޯބެ ރޭ ވަނީ ފޭދޫ ޓީމުން ހޯދި ކާމީޔާބީ ވަރަށް ބޮޑަަށް ފާހަގަކޮށް، އައްޑޫގެ ޓީމްތަކުން ހޯދާ މިފަދަ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ކައުންސިލް އޮންނާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. މިއީ ޒޯން އަށެއްގެ ޗެމްޕިއަންކަން ފޭދޫ ޓީމް ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ.

ސޯބެ ވިދާޅުވީ އައްޑު އަށް ރީތި ނަން ހޯދައި ދޭން މަސައްކަތް ކުރާ ފަރާތްތަކަށް ކައުންސިލުން ވެދެން އޮތް އެހީތެރި ކަމެއް އަބަދު ވެސް ވެދެއްވާނެ ކަމަށެވެ.

14457308_10153821110566625_6095443927014236380_n

ޓީމްގެ ފަރާތުން ރޭ ވާހަކަ ދެއްކި އަލީ ސަރީރް (ޕީޓާ) ވަނީ ފޭދޫ ރަސްމީ ބޯޅަދަނޑުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ގެނެސް ދިނުމަަށް އެދިފަ އެވެ. އަދި އެއީ ރަށުގެ ޒުވާނުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް އޭނާ ބުންޏެވެ.

ޕީޓާގެ ވާހަކަތަކާ ގުޅިގެން ކޯޑިނޭޓަރު ފައިސަލް ވިދާޅުވީ މިހާރު ވިސްނުން ހުރީ ފޭދޫގައި ފެންވަރު ރަނގަޅު އާ ދަނޑެއް އެޅުން ކަމަށެވެ.

އަދި ކައިރި މުސްތަގުބަލެއްގައި އެކަން ވާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.